N/A
N/A
ހަބަރު 04 Sep 2018 | 10:19

ކޮލަމްބޯގައި ބޮޑެތި މުޒާހަރާތަކެއް ބާއްވާތީ ދިވެހިން ސަމާލުވާން އަންގައިފި

ސްރީލަންކާގެ ކޮލަމްބޯގައި ބޮޑެތި މުޒާހަރާތަކެއް ކުރަން އެގައުމުގެ އިދިކޮޅު ފަރާތްތަކުން ރާވަމުން ގެންދާތީ ލަންކާގައި ދިރިއުޅޭ ދިވެހިން އެކަމަށް ސަމާލުވުމަށް ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން އިލްތިމާސް ކޮށްފިއެވެ.

ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކޮލަމްބޯގައި ކުރުމަށް ހަމަޖެހިފައިވާ މުޒާހަރާތަކުގައި އިސްކޮށް ހުންނަވާނީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ އެވެ. ޖޮއިންޓް އޮޕޮސިޝަން ގުޅިގެން ކުރާ މުޒާހަރާ އަށް ލަންކާގެ އެކި ސަރަހައްދުތަކުން ކޮލަމްބޯ އަށް މީހުން ޖަމާކުރުމަށް ވަނީ ނިންމާފައެވެ. މިމުޒާހަރާގެ ބޭނުމަކީ ޕްރިވިންސް ކައުންސިލް އިންތިޚާބު އަވަސް ކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރުމެވެ.

އެ މުޒާހަރާތަކާ ގުޅިގެން، ކޮލަމްބޯގައި ހުންނަ ދިވެހި އެމްބަސީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި ސެޕްޓެމްބަރ މަހުގެ 05، 06 އަދި 07 ވަނަ ދުވަހު ކޮޅުނބުގެ ބައެއް ހިސާބުތަކުގައި ބޮޑެތި މުޒާހަރާތަކެއް ކުރުމަށް އިއުލާން ކުރެވިފައި ވާކަމަށެވެ. އެހެންކަމުން އެދުވަސްތަކުގައި ދިވެހިން ނިކުމެ އުޅޭއިރުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.

އެމްބަސީގެ ބަޔާނުގައި ބުނެފައިވަނީ، ޒަރޫރީ ބޭނުންތަކަށް މެނުވީ ބައިބޯވާ ތަންތަނަށް އެއްވެ ނުހެދުމަށާއި، އަދި މިދުވަސްތަކުގައި ޓްރެފިކަށް ވަރަށް ބޮޑަށް ބުރޫއެރުން އެކަށީގެންވާތީ ތަންތަނަށް ދިއުމުގައި ދުރާލާ ތައްޔާރުވުމަށްވެސް އިލްތިމާސް ކުރާ ކަމަށެވެ.

"ކޮންސިއުލާގެ އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ، އެމްބަސީގެ ހޮޓްލައިން 076809660 ނަމްބަރާ ގުޅުއްވުން އެދެމެވެ،" އެމްބަސީގެ ބަޔާނުގައި ވެއެވެ.

ކޮލަމްބޯ އަކީ އެކިއެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ސިޓީ އެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާ އެމްޑީޕީ މެންބަރުން އެކަން ޕާޓީއަށް އަންގަން އެދިއްޖެ
24 Nov 2026 ހަބަރު

ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާ އެމްޑީޕީ މެންބަރުން އެކަން ޕާޓީއަށް އަންގަން އެދިއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާނެ މެންބަރުން އެކަން އެންގުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން އެދިއްޖެއެވެ.

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ
23 Nov 2026 ހަބަރު

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ

ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދޭނެއެވެ.

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ
23 Nov 2026 ހަބަރު

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ

މިފަހަރު ރޯދައަށް މަސްދަޅުކޭސްބެހުމަށް 86.8 ރުފިޔާ ކަނޑައެޅިއިރު، 2028 ވަނަ އަހަރު މިއަދަދު 90.9 މިލިއަން ރުފިޔާ އަދި ޖެހިގެން އަންނަ އަހަރު 95.2 މިލިއަން ރުފިޔާ ހަރަދުވާނޭކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
23 Nov 2026 ހަބަރު

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

އެންމެ ބޮޑަށް ގެއްލުންވި ހަތަރު ވަނަ ފަންގިފިލާގައި ދިރިއުޅޭ ހަތް މީހަކަށް އަންނައުނުގެ އެހީތެރިކަން ވެސް މިހާރު ވަނީ ފޯރުކޮށްދީފައި ކަމަށް ބުންޏެވެ.

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ
23 Nov 2026 ހަބަރު

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް ސައިކަލްތަކަށް ގެއްލުން ލިބުނެވެ. އަދި ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.