ތޫފާންގެ ސަބަބުން ބޯކޮށް ވާރޭވެހި މަގުތަކަށް ގެއްލުންވެފައި
ތޫފާންގެ ސަބަބުން ބޯކޮށް ވާރޭވެހި މަގުތަކަށް ގެއްލުންވެފައި
ދުނިޔެ 08 Sep 2024 | 05:26

ތޫފާން ޔާގީ ވިއެޓްނާމަށް، މިހާތަނަށް ހަތަރު މަރު

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

މި އަހަރު އޭޝިއާއަށް އައި އެންމެ ބާރުގަދަ ތޫފާން ކަމަށްވާ ސުޕަ ޓައިފޫން ޔާގީ ވިއެޓްނާމްގެ އުތުރަށް އަރައި, މިހާތަނަށް ހަތަރު މީހަކު މަރުވެއްޖެއެވެ.

އިންޑޯ ޕެސިފިކް ޓްރޮޕިކަލް ސައިކްލޯން ވޯނިން ސެންޓަރުން ބުނީ ހޮނިހިރު ދުވަހުގެ ހެނދުނު ހައި ފޮންގް އަދި ކުއާންގް ނިންހް ޕްރޮވިންސަށް ތޫފާން އަރާފައިވާއިރު، ގަޑިއަކު 203 ކިލޯމީޓަރު (126 މޭލު) ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.

ވައިގަދަވުމާއި އުދުހޭ ކުނީގެ ސަބަބުން އިމާރާތްތަކަށާއި ވެހިކަލްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ގަސްތައް ވެއްޓި ވެރިރަށް ހަނޯއީއިން ކަރަންޓު ވަނީ ކެނޑިފައެވެ.

ދައުލަތުގެ މީޑިއާއިން ބުނީ ހޮނިހިރު ދުވަހު އުތުރު ކުއާންގް ނިންހް ޕްރޮވިންސުން ތިން މީހަކު މަރުވެފައިވާ އިރު، ހަނޯއީ ކައިރީގައި އޮންނަ ހައި ޑުއޮންގްގައި އިތުރު މީހަކު މަރުވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި 78 ވަރަކަށް މީހުން ޒަހަމްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް