އިލެކްޝަން ކޮމިޝަނުން ޕީޕީއެމް ޖޫރިމަނާކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޕީޕީއެމް ސިލްސިލާ ގޮތެއްގައި ކުރަމުންދާ މުޒާހަރާތަކުގައި އިންތިހާބާ ބެހޭ ދޮގު ވާހަކަ ފަތުރަމުންދާތީ އެޕާޓީ އިލެކްޝަން ކޮމިޝަނުން 75000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
"އިއްޔެ ކޮމިޝަންގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް ޕީޕީއެމް 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމައިފަ،" ޝަރީފް ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަނުން ވާނީ މިމުޒާހަރާތައް ހުއްޓުވުމަށް މީގެ ކުރިން ޕީޕީއެމްއަށް ސިޓިފޮނުވާފައިކަމަށާއި އަދި އެންގުމަށް ތަބާ ނުވެއްްޖެނަމަ ޖޫރިމަނާ ކުރާނެކަން އަންގާފައިވާނެ ކަމަށް އިލެކްޝަނުން ބުނެއެވެ.
ނަމަވެސް އެކަމަށް ހައްލެއް ނައިސް ކުރިއަށް ދިޔުމުން އިލެކްޝައިން ޕީޕީއެމް ޖޫރިމަނާ ކުރުމަށް ނިންމީ ކަމަށް އީސީން ބުނެއެވެ.
ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ޕީޕީއެމް އިންދަނީ ސިލްސިލާގޮތެއްގައި މުޒާހަރާ ކުރަމުންނެވެ. އަަދި މި މުޒާހަރާތަކުގައި އީސީ މެންމަރުންގެ އަބުރުފުޅަށް ހުތުރުވާގޮތައް ވާގޮތަށް ބައެއް ޕީޕީއެމް އެކްޓިވިސްޓުން ވާހަކަދައްކަވަމުންދާކަމަށް އީސީއިން ވަނީ ތުހުމަތުކޮއްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް