ލުބްނާނުގެ ސިފައިންގެ ބަޔަކު، ބެއިރޫތުގައި ފޯރިމަރަނީ
ލުބްނާނުގެ ސިފައިންގެ ބަޔަކު، ބެއިރޫތުގައި ފޯރިމަރަނީ
ދުނިޔެ 21 Oct 2024 | 17:31

ލުބްނާނުގެ ސިފައިންތަކެއް މަރާލެވުނީ އޮޅުމަކުން.މައާފަށް އެދެން: އިސްރާއީލް

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ލުބްނާނުގެ ސިފައިންގެ ބަޔަކު މަރާލެވުނީ އެރި އޮޅުމަކުންކަމަށް އިސްރާއީލުން ބުނެފިއެވެ.

މިއަދު ލުބުނާނުގެ ދެކުނު ސަރަހައްދަށް ދިން ހަމަލާތަކުގައި އިސްރާއީލް ސިފައިން ވަނީ، ލުބްނާނު ސިފައިންގެ ތިން މީހަކު މަރާލާފައެވެ. މިކަމާ ގުޅިގެން އިސްރާއީލް ސިފައިން ބުނީ، ހިޒްބުﷲގެ އުޅަނދެއްކަމަށް ހީކޮށް، ލުބްނާނު ސިފައިންގެ ފައުޖަކަށް ހަމަލާތަކެއް ދެވިފައިވާކަމަށެވެ.

އެ ހަމާލަތުގައި ލުބްނާނު ސިފައިންގެ ތިން މީހަކު މަރާލެވިފައިވާކަމަށް އެއްބަސްވަމުން އިސްރާއީލުން ވަނީ އެކަމަށް މައާފަށް އެދިފައެވެ.

އިސްރާއީލްގެ ނިރުބަވެރި ސިފައިން ވަނީ މީގެ ކުރިން އދ ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކަށް އަމާޒުކޮށްވެސް އެކި ފަހަރުމަތިން ހަމަލާދީފައެވެ. މީގެ އިތުރުން އަލްޖަޒީރާއަށް ނިސްބަތްވާ ނޫސްވެރިންނަށް އަމާޒުކޮށްވެސް މިދިޔަ ހަފްތާގައި ވަނީ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތައް ދިނުމަށްފަހު އިޒްރާއީލުން ބުނެފައިވަނީ އެއީ އޮޅިގެން ދެވުނު ހަމަލާތަކެއް ކަމަށެވެ.

ނިރުބަވެރިން ހިޒްބުﷲއަށް ހަމަލާދިނުމުގެ ނަމުގައި ލުބްނާނުގެ އެކި ސަރަހައްދުތަކަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް އާއްމުންގެ ދެހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް