އިންގްލެންޑާ ކްރޮއޭޝިއާ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ސްކައި ސްޕޯޓްސް
އިންގްލެންޑާ ކްރޮއޭޝިއާ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ސްކައި ސްޕޯޓްސް
ކުޅިވަރު 18 Jun 2026 | 02:13

ކްރޮއޭޝިއާ އަތުން މޮޅުވެ އިނގިރޭސިން ފެންވަރު ދައްކާލައިފި

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެލްގައި އިނގިރޭސިވިލާތާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗް އިނގިރޭސިވިލާތުން ކާމިޔާބުކޮށް އެޓީމްގެ ފެންވަރު ދައްކާލައިފިއެވެ.

ކްރޮއޭޝިއާގެ މައްޗަށް މިމެޗްގައި އިނގިރޭސިން ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ. ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނު މިމެޗްގައި އިނގިރޭސިންގެ ފަރާތުން ރީތި ފުޓްބޯޅައެއް ފެނިގެންދިޔައިރު، އެޓީމްގެ ހަމަލާތައްވެސް ފެނުނީ ވަރުގަދަކޮށެވެ.

ޓެކްސަސްގައި ކުޅުނު މި މެޗުގައި އިނގިރޭސިންނަށް ގޯލް ހުޅުވާލަދިނީ، 12 ވަނަ މިނެޓްގެ ތެރޭގައި ކެޕްޓަން ހެރީ ކޭން އެވެ. މިއީ ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. އިނގިރޭސިން ލީޑް ނަގާފައިވަނިކޮށް ކްރޮއޭޓުން ވަނީ 36 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ޖަހައިދިނީ، މާޓިން ބަޓޫރީނާ އެވެ. މިއީ އިނގިރޭސި ޓީމްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ކެޕްޓަން ހެރީ ކޭން ލަނޑެއް ކާމިޔާބުކޮށް ލީޑް ނަގާފައިވަނިކޮށް، ކްރޮއޭޓުން ވަނީ ފުރަތަމަ ހާފް ނިމުމުކުރިން އަނެއްކާވެސް މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި މި ލަނޑު ކާމިޔާބުކޮށްދިނީ މޫސާ އެވެ.

ދެވަނަ ހާފްގައި އިނގިރޭސިން ވަނީ ކުރިއަށްވުރެ ކުޅުން ރަނގަޅުކޮށް ކްރޮއޭޝިއާގެ ޑިފެންސްލައިނަށް ބާރުބޮޑުކޮށްފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ، 47 ވަނަ މިނެޓް ތެރޭގައި ބެލިންހަމް ލަނޑެއް ޖެހުމެވެ. އަދި ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް ބުކާޔޯ ސަކާ އާއި މާކަސް ރަޝްފޯޑް ގުޅިގެން އުފެއްދި ހަމަލާއަކުން ރަޝްފޯޑް ވަނީ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް، އިނގިރޭސިންނަށް ހަމަޖެހުމެއް ގެނެސްދީފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން އިނގިރޭސި ކޯޗު ތޯމަސް ޓުޗެލް ބުނީ، ދުނިޔޭގެ ފެންފަރުގެ ޓީމަކާ ވާދަކޮށް އޭނާގެ ކުޅުންތެރިން ދެއްކި ހިތްވަރާއި މޮޅު ކުޅުމަށް ތައުރީފް ހައްގު ކަމަށެވެ. އަދި ފުރަތަމަ ހާފަށްވުރެ ދެވަނަ ހާފްގައި ކުޅުން ރަނގަޅުވެގެން ދިއުމަކީ ވަރަށް ރަނގަޅު ފާލެއްކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...