އަމީންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
އައިއެސް ޖަމާާއަތާއި ގުޅުން އޮންނަކަމަށް ތުހުމަތުކުރެވިފައިވާ މުހައްމަދު އަމީންގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.
ފުލުހުން ބުނީ ޏ.ފުވައްމުލަކު/މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ގިނަ ދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި، ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން މީހުން ރެކްރޫޓްކޮށް، ހަނގުރާމައަށް މީހުން ފޮނުވަން އަމަލީ ގޮތުން ހަރަކާާތްތެރިވެ، އެކަަމަށް އެހީތެރިވެ ވާގިވެރިވެދީ ހެދުން ފަދަ ކަންކަމުގައި ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގުކޮށްފައިވާނެކަމަށެވެ.
އަދި މި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި، މިމަހުގެ ފުރަތަމަ ދުވަހު ޕްރޮސެކިއުޓަރ ޖެެނެރަލްގެ އޮފީހަށް ފޮނުވާފައި ވާނެކަަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފާާހަގަކޮށްލެވޭ ގޮތުގައި އަމީނަކީ ޓެރަރިސްޓެއްގެ ގޮތުގައި އެމެރިކާއިން ފާހަގަކޮށް، އޭނާގެ މައްޗަށް ވަނީ ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައެވެ.
އެމެރިކާގެ ޓްރެޜަރީ ޑިޕާރޓްމެންޓްގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލުން ބުނިިގޮތުގައި އަމީނަކީ އައިއެސް-ކޭ ނުވަތަ އައިއެސް ޚުރާސަން ނުވަަތަ އަފްޣާނިސްތާނާއި ޕާކިސްތާނުގައި ހަރަކާތްތެެރިވަމުންދާ އައިއެސް ޖަމާއަތުގެ ގޮތްޕަށް މީހުން ރެކްރޫޓް ކޮށްދޭ މީހެކެވެ. އަމީން ވަނީ 700 ޑޮލަރުގެ މުސާރައެއް ލިބޭގޮތަށް އެ ޖަމާއަތުގެ ޑިޖިޓަލް މީޑިޔާ ގޮފީގައި އުޅޭ ދިވެއްސަކަށް އަފްޣާނިސްތާނަށް ދިއުމަށް އެދިފައިކަމަށް އެމެރިކާއިން އާންމުކުރި މައުލޫމާތުގައި ވެއެވެ.
އެއީ އެ ޖަމާއަތުގެ މީޑިޔާ ގްރޫޕުން ބޭނުންވެގެން އަމީނަށް ލިޔުންތަކެއް ތަރުޖަމާކޮށްދިނުމަށްކަމަށް ބުނެއެވެ.
އެމެރިކާއިން ބުނިގޮތުގައި އަމީންއަކީ އޭނާގެ ކައިރި މީހުންނާއި ގުޅިގެން އައިއެސް ޖަމާއަތަށް މީހުން ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ. އެގޮތުން އަމީންގެ ދަށުން ހަރަކާތްތެރިވާ ފަރާތްތަކުން ހަފްތާއަކު ގާތްގަނޑަކަށް ދިހަ ރެކްރޫޓްމެންޓް ސެޝަންތައް ދީނީ ކްލާސްތަކުގެ ނަމުގައި މާލޭގައި ބާއްވަމުންދިޔަ ކަމަށްވެއެވެ. މީގެން ބައެއް ގަޑިތައް އަމީންގެ ގޭގައިވެސް ނެގިކަމަށް ވަނީ ފާހަަގަކޮށްފައެވެ.
އަމީންއާއި އޭނާގެ ގްރޫޕުން ރާއްޖޭގެ ގޭންގްތަކުގެ ތެރެއިން އައިއެސްއަށް މީހުން ނަގަމުންދާކަމަށް އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އަދި ކުރިން މި ފަރާތްތައް ސީރިޔާއަށް ފޮނުވިކަމުގައިވިޔަސް، މިހާރު ފޮނުވަނީ އަފްޣާނިސްތާނަށްކަމަށް ވަނީ ބުނެފައެވެ.
މުހައްމަދު އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ތުހުމަތު ކުރެވުނު އެކަކެވެ. މި މައްސަލައިގައި އޭނާ ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ލަންކާއަށް ގޮސްފައެވެ. އޭނާ ހައްޔަރުކުރުމަށް އިންޓަރޕޯލް ރެޑް ނޯޓިސެއް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ 2011ވަނަ އަހަރުގައެވެ.
ލަންކާއިން އަމީން ހައްޔަރުކޮށް މާލެ ގެނައުމަށްފަހު އޭނާ ދެ މަސް ވަންދެން ބަންދުގައި ބެހެއްޓިއެވެ. ނަމަވެސް 2012 ވަނަ އަހަރު އޭނާ ވަނީ ދޫކޮށްލާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް