މަޖިލިސް އިންތިޚާބުގައި އިލެކްޓްރޯނިކް އެއްވެސް ނިޒާމެއް ބޭނުމެއް ނުކުރާނަން: އީސީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އަންނަ އަހަރުގެ މާރިޗު މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިލެކްޓްރޯނިކް އެއްވެސް ނިޒާމެއް ބޭނުން ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު އާދަމް ވިދާޅުވެއްޖެއެވެ.
''މިފަހަރުގެ މަޖިލިސް އިންތިޚާބުގައި އެއްވެސް ވަރަކަށް އިލެކްޓްރޯނިކް ނިޒާމު ބޭނުމެއް ނުކުރާނަން. އިލެކްޓްރޯނިކް ވޯޓިންއަކަށް ދިއުމަކީ ރާއްޖެފަދަ ގައުމަކަށް އެހާ މުހިންމު ކަމެއްކަމަކަށް ނުފެނޭ.'' އީސީ ޝަރީފު ވިދާޅުވިއެވެ.
ޝަރީފު މިހެން ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ފަރައިތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އިލެކްޓްރޯނިކް ނިޒާމު ބޭނުން ކުރުމުން ގިނަ ފަރައިތަކެއްގެ ޝަކުވާތަކެއް އީސީއަށް ލިބިގެން ދިޔަކަމަށާއި އަދި އިލެކްޓްރޯނިކް ވޯޓަކަށް ދިއުމަކީ ރާއްޖެފަދަ ކުޑަ ގައުމަކަށް އެހާ ރަނގަޅު ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަތީ އެގޮތަށް ނިންމެވީކަމަށް ޝަރީފު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް