ހަޔަރ އެޑިއުކޭޝަންގެ މިނިސްޓަރގެ ނައިބުކަން ޒަބީހުއަށް
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ނައިބުގެ މަގާމަށް ނ.ފޮއްދޫ، އާޝިޔާ މަންޒިލް އިސްމާއިލް ޒަބީހް އައްޔަންކޮށްފިއެވެ.
ޒަބީހް މިމަގާމަށް އައްޔަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ 115ވަނަ މާއްދާގެ (ޅ) އިން ލިބިލައްވާ ބާރުގެ ދަށުންނެވެ.
ޒަބީހް މިމަގާމަށް އައްޔަންކުރެވިފައިވަނީ އެމްއާރްއެމްގެ ސްލޮޓްއެއްގައިކަމަށް މައުލޫމާތު ލިބެއެވެ.
އެބޭފުޅާ އަކީ ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑްއިން އެމްބީއޭ ހައްދަވައި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރައްވާފައިވާ ބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް