އެންސިސް ގުދަނުގައި ރޯވުން؛ ދުން ބޯވެ ފެތުރޭތީ އެ ސަރަހައްދަށް ނުދާން އެދިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހުޅުމާލެ ގައި ހިނގާފައިވާ އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުން ދާތީ އެ ސަރަހައްދަށް ނުދާން އާންމުންގެ ކިބައިން ފުލުހުން އެދިއްޖެ އެވެ.
އެންސިސްގެ ގުދަނުގައި ރޯވެ މުޅި ސަރަހައްދަށް އޮތީ ބޯކޮށް ދުން ފެތުރިފަ އެވެ.
ފުލުހުން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ދުން ބޯވެ ފެތުރެމުންދާތީ ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށެވެ. އަދި މިހާދިސާގެ ސަބަބުން، ހާއްސަކޮށް ނޭވާލުމުގެ ދަތިކަން ހުންނަ މީހުންނަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތުމުން ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ ސަރަހައްދަށް ނުދިއުމަށް އެދޭ ކަމަށެވެ.

އަދި އެ ސަރަހައްދުގައި އުޅޭ މީހުން މަގު ބޭނުން ކުރާއިރު ސަމާލުވުމަށް އެދިފައިވެ އެވެ. ގެތަކުގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި ބޭރަށް ނިކުންނަން ޖެހިއްޖެނަމަ މާސްކު އެޅުން ފަދަ ރައްކާތެރި ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ފުލުހުން ބުނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދު ގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް