ބްރެޒިލްގެ ކޯޗު - ފޮޓޯ/ ރޮއިޓާސް
ބްރެޒިލްގެ ކޯޗު - ފޮޓޯ/ ރޮއިޓާސް
ކުޅިވަރު 14 Jun 2026 | 05:53

ރަނގަޅު ނަތީޖާއެއް ނުނެރެވުނީ ކުޅުންތެރިން 'ނާވަސްވެފައި' ތިބީމާ: ބްރެޒިލްގެ ކޯޗު

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ބްރެޒިލާއި މޮރޮކޯ ރޭ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވީ، ބްރެޒިލްގެ ކުޅުންތެރިން ހިތްއަވަސްވެ ބިރުގެންފައި ތިބީމަ ކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

އެމެރިކާގެ ނިއު ޖާޒީގެ އީސްޓް ރަދަފޯޑްގައި ހުންނަ ސްޓޭޑިއަމްގައި ކުޅުނު މި މެޗަށްފަހު ވާހަކަދައްކަމުން އަންޗެލޮޓީ ބުނީ، މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލްގެ ކުޅުންތެރިން ފެނުނީ ވަރަށް "ނާވަސް" ކޮށް ކަމަށާއި، ޓީމުގެ ބެލެންސް ގެއްލިފައިވާ ކަމަށެވެ.

ވޯލްޑް ކަޕްގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ބްރެޒިލްގެ މައްޗަށް މޮރޮކޯއިން ކުރިހޯދީ މެޗުގެ 21 ވަނަ މިނެޓުގައެވެ. ބްރެޒިލްގެ މިޑްފީލްޑަރު ލޫކަސް ޕަކޭޓާ އަތުން ބޯޅަ ގެއްލުމުގެ ފައިދާ ނަގައި، އިސްމާއީލް ސައިބާރީ ވަނީ ބްރެޒިލްގެ ގޯލްކީޕަރު އެލިސަންގެ ބޯމަތިން ބޯޅަ ފޮނުވާލައި މޮރޮކޯއަށް ކުރިހޯދައިދީފައެވެ. ނަމަވެސް، މެޗުގެ 32 ވަނަ މިނެޓުގައި ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާ ވަނީ ހިތްގައިމު ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްދީފައެވެ.

"އަހަރެމެން މެޗު ފެށީ ރަނގަޅަކަށް ނޫން. ޓީމު އޮތީ ތަންކޮޅެއް ނާރވަސްވެފައި. މާ ގިނައިން ބޯޅަ ގެއްލި، ޗެލެންޖުތަކެއް ކުރިމަތިވެ ނާކާމިޔާބުވި،" އަންޗެލޮޓީ ބުންޏެވެ.

އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި ދެވަނަ ހާފުގައި ކުޅުން ރަނގަޅުވި ނަމަވެސް، މޮރޮކޯ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅުމަކީ އަބަދުވެސް އުނދަގޫ ކަމެކެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި މޮރޮކޯއިން މި މެޗުގައިވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މޮރޮކޯގެ ކޯޗު މުހައްމަދު އުއާބީ ބުނީ އޭނާގެ އަމާޒަކީ މިފަހަރު ސެމީ ފައިނަލަށްވުރެ ދުރަށް ދިއުން ކަމަށެވެ.

"މިއީ އެއް ޕޮއިންޓް. އަހަރެމެން އުއްމީދުކުރީ މިއަށްވުރެ ރަނގަޅު ނަތީޖާއަކަށް. އެކަމަކު އެއް ޕޮއިންޓަކީވެސް ގޯސް ނަތީޖާއެއް ނޫން،" އުއާބީ ބުންޏެވެ.

މި ނަތީޖާއާއެކު ގްރޫޕް ސީގެ ފޯރި މިވަނީ ގަދަވެފައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ސްކޮޓްލޭންޑާއި ހެއިޓީއެވެ. ކުރިއަށް އޮތް މެޗުގައި ބްރެޒިލް ނުކުންނާނީ ހެއިޓީއާ ދެކޮޅަށެވެ. އަދި މޮރޮކޯ ބައްދަލުކުރާނީ ސްކޮޓްލޭންޑާއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...