މާލެ-ވިލިމާލެ ކަނޑުއޮޅިން "ހަމްޕްބެކް ވޭލް" އެއް ފެނިއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މާލެ-ވިލިމާލެ ކަނޑުއޮޅިން ހުކުރު ދުވަހު "ހަމްޕްބެކް ވޭލް" ނުވަތަ ބޮޑުމަހެއް ފެނިއްޖެއެވެ. ހުކުރު ދުވަހު މިމަސް ފެނިފައިވަނީ އެމްއެންޑީއެފް ގެ ކޯސްޓް ގާޑަށެވެ. ވީޑިއޯ ކޮށްފައިވަނީ ކޮސްޓްގާޑް ކުރޫއެއް ކަމުގައިވާ މުހައްމަދު އިސާން ވަހީދެވެ.
ވީޑިއޯ ކުރި މުހައްމަދު އީސާން ވަހީދް "ވޮއިސް" އާ ވާހަކަދައްކަމުން ބުނި ގޮތުގައި ފުރަތަމަ މި މަސް ފެނިފައިވަނީ ގުޅިފަޅު އުތުރުންކަމަށެވެ. އަދި 8 ވަރަކަށް ފަހަރު މި މަސް ނޭވާލުމަށް ފެނުން މައްޗައް އަރާފައިވާކަމަށް ވެސް އޭނާ ބުންޏެވެ.
މިމަސް ނޭވާލާން މައްޗައް އެރުމަށްފަހު އަޑިއަށްދާ 10 ސިކުންތުގެ ވީޑިއޯއެށް އެ ފެނުނު ޒުވާނުން ވަނީ މީސްމީޑިއާގައި އާންމުކޮއްފައެވެ. އެ ވީޑިއޯ އިން މާލެ ވެސް ބޮޑުކޮށް ރީއްޗަށް ފެނެ އެވެ.
https://www.facebook.com/eshan.eshan.7/videos/1567459600067237/
މި ވޭލް އަކީ 12 އާއި 16 ފޫޓް އާ ދެމެދު ދިގުމިނަކަށް ބޮޑުވާ މަހެކެވެ. އަދި މާލެ ކައިރިން ފެނުނު މަހުގައި ލަފާކުރެވޭ ގޮތުގައި 10 ވަރަކަށް ފޫޓު ހުންނާނެ ކަމަށެވެ. އެހެންކަމުން މިއީ ޅަ އެއްޗެއް ކަމަށް ބެލެވެ އެވެ.
މެރިން ރިސާޗް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް ޑރ. މުހައްމަދު ޝިހާމް ވިދާޅުވީ "ހަމްޕްބެކް ވޭލް" އަކީ އާއްމުކޮށް ރާއްޖެ ސަރަހައްދުން ނުފެނުނުކަމުގައި ވިޔަސް ރާއްޖެ ސަރަހައްދުގައި އުޅޭ އެއްޗެއް ކަމަށެވެ. އަދި މީގެ ކުރިންވެސް ރާއްޖޭގެ ރަށްތައް ކައިރިން އެފަދަ ބޮޑުމަސް ފެނިފައިވާ ކަމަށެވެ.
https://www.facebook.com/voicemaldives/videos/325365688282121/?modal=admin_todo_tour
"ބޮޑަށް ލަފާ ކުރެވެނީ އޮޅިގެން [ރަށްތައް ކައިރިއަށް] ވަދެވެނީ ކަމަށް. ފަހުން އެ ވޭލް ފެނުނުކަން އެނގިފައެއް ނެތް. އެހެންވީމަ ބެލެވެނީ އެދިޔަ ރޫޓުން ނުކުމެގެން ދިޔައީކަމަށް،" ޑރ. ޝިހާމް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް