ކުނބުރުދޫން ހުއްދަނެތި ގިނަ އަދަދަކަށް ވެލި ނަގަނީ
ހދ.ކުނބުރުދޫއިން ހުއްދަ ނެތި ގިނަ އަދަަދަކަށް ވެލި ނަގަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ހދ.އަތޮޅުގައި ހިންގާ ފެށުން ކިޔާ ނޫހަކުން ރިޕޯޓްކުރާ ގޮތުގައި މި މައްސަލަ އިއްޔެގެ ވަގުތެއްގައި ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހުށައެޅުމުންވެސް ފުލުހުން އެ ސަރަހައްދަށް ހާޒިރުވެފައެއް ނުވެއެވެ.
ކުނބުރުދޫއަކީ ކުޅުދުއްފުއްޓާއި މާ ދުރުނޫން ސަރަހައްދެއްގައި އޮންނަ ރަށެެކެވެ. މި ރަށުން ގިނަ ވެލިނެގުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ސަރަހައްދަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.
މިކަމާއި ގުޅިގެން ފުލުހުން ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ.
ކުނބުރުދޫން ހުއްދަ ނެތި ވެލި ނަގާ މައްސަލައިގައި ގިނަ ފަރާތްތަކަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް، މި މައްސަލަ ބަލައިދިނުމަށް ކަމާއިބެހޭ މުއައްސަސާތަކުގައި އެދެމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް