އިޒްރޭލުން ހުދައިދާ ބަނދަރަށް މިދިޔަ މެއި މަހު ދިން ހަމަލާ. ފޮޓޯ/ އަލް ޖަޒީރާ
އިޒްރޭލުން ހުދައިދާ ބަނދަރަށް މިދިޔަ މެއި މަހު ދިން ހަމަލާ. ފޮޓޯ/ އަލް ޖަޒީރާ
ދުނިޔެ 10 Jun 2025 | 11:39

އިޒުރޭލުން ޔަމަނުގެ ހުދައިދާ ބަނދަރަށް ހަމަލާދީފި

ނިރުބަވެރި އިޒުރޭލުގެ ސިފައިން ޔަމަނުގެ ހުދައިދާ ބަނދަރަށް ހަމަލާދީފިއެވެ.

އިޒުރޭލުގެ އަސްކަރިއްޔާއިން ޔަމަނުގެ ހުދައިދާ ބަނދަރަށް ހަމަލާދީފައިމިވަނީ އެ ބަނދަރަކީ ހޫޘީން ހަތިޔާރު ގެންދިއުމަށް ބޭނުންކުރާ ތަނެއްކަމަށް ބުނެއެވެ.

އިންސާނީ އެހީ އެތެރެކުރާ މުހިއްމު ބަނދަރެއް ކަމަށްވާ ހުދައިދާ ބަނދަރަށް ހަމަލާދީފައިވާ ކަމަށް އިޒުރޭލުގެ ސިފައިންގެ އިތުރުން ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައިވާ މީޑިއާތަކުން ވެސް ވަނީ މިދިޔަ އަންގާރަ ދުވަހު ރިޕޯޓްކޮށްފައެވެ. ހޫޘީން އިޒްރޭލަށް ދެމުންދާ ހަމަލާތައް ހުއްޓުވުމުގެ ގޮތުން ވައިގެ މަގުންނާއި ކަނޑުގެ ސަރަހައްދުން ހުދައިދާ ބަނދަރަށް ހަމަލާދީ ފުރަބަންދުކުރާނެކަމުގެ އިންޒާރު އިޒްރޭލުން މިހާރު ދަނީ ދެމުންނެވެ.

ޔަމަނުގެ ހުޅަނގުގައި އޮންނަ ހުދައިދާ ބަނދަރަކީ 2014 ވަނަ އަހަރުން ފެށިގެން އެޤައުމުގައި ހިނގަމުން އަންނަ ދާހިލީ ހަނގުރާމައިގެ ތެރޭގައި ހާލުގައި ޖެހިފައިވާ އެތައް މިލިއަން ޔަމަނުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އެހެނިހެން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައިގަނޑު އެންޓްރީ ޕޮއިންޓްކަން ފާހަގަކޮށްލަން ޖެހެއެވެ.

އިޒްރޭލާއި ޔަމަނާއި ދެމެދު ހަމަލާ ބަދަލު ކުރަން ފެށިފައި މިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން އީރާނާ ގުޅިފައިވާ ހޫތީން ފަލަސްތީނުގެ ރައްޔިތުންނާއި އެއްބައިވަންތަވުމުގެ ގޮތުންނާއި އެހީތެރިވުމުގެ ގޮތުން އިޒްރޭލަށް މިސައިލާއި ޑްރޯންގެ ހަމަލާތަށް ދިނުމާއި ގުޅިގެންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް