އަޅުގަނޑަކީ ސަރުކާރުގެ ކެނޑިޑޭޓް: އީވާ
ގަލޮޅު އުތުރު ދާއިރާއަށް ސަރުކާރުގެ ފަރާތުން ނެރޭ ކެނޑިޑޭޓަކީ އެކަމަނާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރ އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ ޕީއެސްއެމްެގެ މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އީވާ ވިދާޅުވީ އެކަަމަނާއަކީ ކެނޑިނޭޅި ފިލާނޯވެ، ކެނޑިނޭޅި އިޚުލާސްތެެރިކަމާއި އެކީ މަސައްކަތް ކުރާ ފަރާތެއް ކަަމަށެވެ.
އެގޮތުން އެކަމަނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީގެ މެންބަރެއް ކަމަށާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމެޓީގެ މެންބަރެއްކަން އީވާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑަކީ ގަލޮޅު އުތުރުގެ އެމްޑީޕީގެ ކެނޑިޑޭޓް. އަޅުގަނޑަކީ ސަރުކާރުގެ ކެނޑިޑޭޓް" އީވާ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް