ލ. މާންދޫގައި ސައިކަލު އެކްސިޑެންޓެއް ހިންގާ ޒުވާނަކު ނިޔާވެއްޖެ
ލ. މާންދޫގައި ސައިކަލު އެކްސިޑެންޓެއް ހިންގާ ޒުވާނަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ހައްދުންމަތީ ލިންކް ރޯޑުގެ މާންދޫ ބެންޑް ސަރަހައްދުން ސައިކަލެއް އެކްސިޑެންޓްވިކަމުގެ ރިޕޯޓެއް 01:40 ހާއިރު ލިބިފައިވާކަމަށެވެ. އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލް ކޮންޓްރޯލް ނުވެގެންނެވެ. މި ހިންގި އެކްސިޑެންޓްގައި ނިޔާވީއުމުރުން 30 އަހަރުގެ ލ.މާބައިދޫ އަށް އުފަން އިބްރާހިމް ނައުޒަމް ކިޔާ ޒުވާނެކެވެ.
ނައުޒަމް ނިޔާވީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަނަށް ފަރުވާދެމުންދަނިކޮށް ގަމު ރީޖަނަލް ހޮސްޕިޓަލްގައި މިއަދު ހެނދުނު 08:45 ގައެވެ.
މާންދޫ ބެންޑް ސަރަހައްދަކީ އެކްސިޑެންޓްތަށް ގިނައިން ހިންގާ ސަރަހައްދެއްކަން ބައެއް މީހުން ފާހަގަކުރެއެވެ.
ނިޔާވި ލ.މާބައިދޫ ޒުވާނާ އަކީ ލ.މާންދޫ ބޯއްޓެއްގެ ކައްޕިއަކަށް އުޅޭ މީހެކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން ދަނީ މި އެކްސިޑެންޓް ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް