އާސެނަލް މޮޅުވެ ތާވަލުގެ 5 ވަނައަށް ޖެހިލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދު އާސެނަލްއާއި ވޮޓްފޯޑް ބައްދަލުކުރި މެޗު 2-0 އާސެނަލް ކާމިޔާބުކޮށްފިއެވެ. ގިނަ ވަގުތު އާސެނަލް ބޯޅަ ގެންގުޅުނު ކަމުގައިވިއަސް ވޮޓްފޯޑްވަނީ ގިނަ ހަމަލާތަކެއް އާސެނަލްގެ ގޯލާ އަމާޒުކޮށްފައެވެ. އާސެނަލްގެ ފަރާތުން ފެނުނު 2 ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފަހު 10 މެނެޓުތެރޭގައެވެ.
އާސެނަލްގެ ފުރަތަމަ ލަނޑަކީ ވޮޓްފޯޑްގެ ޑިފެންޑަރު ކްރެއިގް ކެތްކާޓް އަތުން 81 ވަނަ މިނެޓުގައި ބައިކޮޅަށް ވައިން ލަނޑެކެވެ. 83 ވަނަ މިނެޓުގައި ލަކަޒެޓް ނަގައިދިން ހުރަހަކުން އޮޒިލް އާސެނަލްގެ ލީޑް ފުޅާކޮށްދިނެވެ.
ސީޒަން ދަށްކޮށް ފެށުނު ކަމުގައިވިއަސް އާސެނަލްވަނީ ކުޅުން ރަނގަޅުކޮށް އެޓީމް ވާދަކުރާ ހުރިހާ މުބާރާތަކުންވެސް ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް