ހަބީބް ފިޔަވައި އީސީ ހުރިހާ މެންބަރުން މާލޭގައި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ނިމިދިޔަ ރިޔާސީ އިންތިހާބު އޮޅުވާލި ކަމަށް ބޮޑެތި ތުހުމަތުތަކެއް އިލެކްޝަން ކޮމިޝަންއަށް ކުރަމުން ދަނިކޮށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި އީސީ މެންބަރުންގެ ތެރެއިން ހަބީބް ފިޔަވައި ހުރިހަ މެންބަރުން ރާއްޖެ ވަޑައިގެންފިއެވެ.
އިލެކްޝަން ކޮމިޝަންގެ މެންބަރު އަކްރަމް ވިދާޅުވި ގޮތުގައި ކޮމިޝަންގެ މެންބަރުންގެ މި ދަތުރު ފުޅަކީ ނުރަސްމީ ދަތުރުފުޅުތަކެއް ކަމާއި ކުރިއަށް އޮތްތަނުގައި ވެސް އެކަން އެހެން ހިނގަމުން ދާނެކަމަށެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ ވެރިކަން ކުރާ ޕީޕީއެމް އިން ޤަބޫލުކުރުމަށް ފަހު، އިލެކްޝަން ކޮމިޝަނަށް އަންނަނީ ބޮޑެތި ތުހުމަތުތަކެއް ކުރަމުނެނެވެ.
ޕީޕީއެމް އިން އަންނަނީ މެންބަރުން ރިޝްވަތު ނަގާފައިވާކަމަށް ތުހުމަތުކުރަމުންނެވެ. އަދި މިޔާއެކު ކޮމިޝަންގެ މެންބަރުންނަށް އަންނަނީ މަރުގެ އިންޒާރު ލިބެމުންކަން އީސީގެ ރައީސް އަހްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް