ކަޝޯގީ މަރާލި ކަމަށް ސައުދީ އިން އެއްބަސްވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސައުދީއަރަބިއްޔާގެ ނޫސްވެރިޔާ ކަޝޯގީ ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީއަރަބިއްޔާގެ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ކަމަށް ސައުދީސަރުކާރުން އެންމެފަހުން އެއްބަސްވެއްޖެއެވެ.
ކަޝޯގީ "މަރުވެފައިވަނީ" ކޮންސިއުލޭޓްގެ ތެރޭގައި ހިނގި ދެބަސްވުންތަކެއްގައި ތެރޭގައި އަތުން ބަދަލުކުރެވުުނު ހަމަލާތަކެއްގައި ކަމަށް ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިޔާއިން ރިޕޯޓްތަކުގައި ބަޔާން ކޮއްފައިވެއެވެ.
ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީއަރަބިއްޔާގެ ކޮންސިއުލޭޓްގެ ތެރޭގައި ސައުދީއަރަބިއްޔާގެ ނޫސްވެރިޔާ މަރާލާފައިވާ ކަމަށް އެއްބަސްވި ނަމަވެސް އޭނާގެ ހަށިގަނޑު ވީތަނެއް މިހާތަނަށް ސައުދީއިން ހާމައެއް ނުކުރެއެވެ.
ނޫސްވެރިޔާ ޖަމާލް ކަޝޯގީ މިމަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަދެފައިވަނީ އޭނާގެ ކުރީގެ އަންހެނުން ވަރިކުރި ކަމުގެ ލިޔުންތައް ހޯދުމަށްކަމަށާއި އޭގެފަހުން ޖަމާލް ޚާޝޯގީގެ ޚަބަރެއް ނުވެ ގިނަ އިރުތަކެއް ވުމުން އޭނާގެ ލޯބިވެރިޔާ ވަނީ ތުރުކީގެ ފުލުހުންގެ ސަމާލުކަމަށް އެ މައްސަލަ ގެނެއީކަމަށް މީޑިއާ ރިޕޯޓްތަކުގައިވެއެވެެ.
ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީއަރަބިއްޔާގެ ކޮންސިއުލޭޓްގެ ތެރޭގައި ސައުދީއަރަބިއްޔާގެ ނޫސްވެރިޔާ މަރާލާފައިވާ ކަމަށް އެއްބަސްވި ނަމަވެސް އޭނާގެ ހަށިގަނޑު ވީތަނެއް މިހާތަނަށް ސައުދީއިން ހާމައެއް ނުކުރެއެވެ.
ތުރުކީގެ ފުލުހުން ދަނީ ހަށިގަނޑު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް