ރާއްޖެއާ އިންޑިއާ އިން ކުށްވެރިން ބަދަލު ކުރުމާމެދު ކޮމެޓީން ގޮތެއް ނިންމަނީ
ރާއްޖެއިން އިންޑިއާއާއެކު ގާއިމު ކުރަން ނިންމާފައިވާ ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމާ މެދު 10 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.
މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވަނީ އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް ސުންގަޑި ކަނޑައެޅުމަށް އެދިވަޑައިގެންފައެވެ.
ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވަނީ 10 ދުވަސް ތެރޭގައި އެއްބަސްވުން ދިރާސާ ކުރުމުގެ މަސައްކަތް ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް ހުށަހަޅުއްވާފައެވެ. ހުޝާމުގެ ހުށަހެޅުއްވުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ވަނީ ތާއީދުކުރައްވާފައެވެ. އަދި އެ ހުށަހެޅުއްވުން ކޮމިޓީން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އެއްބަސްވުން ދިރާސާ ކުރުމުގެ މަސައްކަތް އަވަސް ކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ވަނީ ނަގާފައެވެ. އެގޮތުން ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމެޓީގެ މުގައްރިރު އިބްރާހީމް ޝަރީފާއި އުޝާމާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް