އަލިފާން ރޯވީ މަސްދޯންޏެއްގައި, އަނިޔާވެގެން 5 މީހަކު މާލެ ގެނައި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މިއަދު މެންދުރުފަހުގެ ވަގުތެއްގައި މާލެ ކައިރިން އަލިފާން ރޯވީ މަސްވެރިކަން ކުރާ އުޅަނދެއްގައިކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 14:54 ހާއިރު، ހިނގި މި ހާދިސާގައި އަލިފާން ރޯވީ ކުރުނބާ ކައިރިން ދަތުރުކުރި ދޯންޏެއްގައި ކަމަށެވެ. ފުލުހުން އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާންގަނޑު ރޯވެފައިވަނީ ދޯނީގެ އިންޖީނު ރޫމާ ދިމާލުގައެވެ.

ފުލުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގި އެ ދޯނީގައި 15 މީހުން ތިބި ކަމަށެވެ. އަނިޔާ ލިބުނު 5 މީހުން ކުރުނބާ ރިސޯޓްގެ އުޅަނދެއްގައި މާލެ ވަނީ މާލެ ގެނެސްފައެވެ. މީގެ ތެރޭގައި ހިމެނެނީ 2 ދިވެއްސަކާއި 3 ބިދޭސީއެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް