އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފުވިކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުން ހައްޔަރުކޮށްފި
މާލޭގެ ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފުވިކަމަށް ތުހުމަތު ކުރެވޭ މީހާ ދެނެގަނެ، ފުލުހުން އެމީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މާލޭގެ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު ވައްތަރުތަކެއް ޖައްސާ ވީޑިއޯ ދަނީ ސޯޝަލް މީޑިއާ ތެރޭ ދައުރުވަމުންނެވެ.
މިކަމާއި ގުޅިގެން އާންމުންގެ ނުރުހުން އަންނަނީ އަމާޒު ވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް