އެމްއެންޑީއެފްގެ ތަމްރީނަކުން ޖެހި ވަޒަނަކުން މީހަކަށް ގެއްލުންވެއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކ.ގިރިފުށީގައި ހަދަމުންދިޔަ ތަމްރީނެއްގައި ޖެހި ވަޒަނަކުން މީހަކަށް ގެއްލުންވެއްޖެއެވެ.
މައުލޫމާތު ލިބޭގޮތުގައި މި ވަޒަން އަރާފައިވަނީ އެ ސަރަހައްދުގައި އަޅާފައި އޮތް ސަފާރީއެއްގައި ހުރި މީހެއްގެ ކަރަށެވެ.
އެމްއެންޑީއެފްއިން ވަނީ އެފަދަ މައުލޫމާތެއް ލިބިގެން އެކަން ބަލަމުންދާކަމަށް ބުނެފައެވެ. އެފަރާތުން ބުނީ ތަނެއްގައި ޖެހި ބާރު ކެނޑިފައިވާ ވަޒަނެއް މީހެއްގެ ކަރުގައި ކޭއްތިލާފައި ދިޔަކަމަށެވެ. އެމީހާގެ ހާާލު ރަނގަޅުކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް ސީ އެންބިއުލާންސްގައި މާލެއަށް ގެނައުުމުގެ މަސައްކަތ ކުރަމުންދާކަމަށްވެސް ވަނީ ބުނެފައެވެ.
މި ވަޒަނުން ޒަހަމްވެފައިވަނީ ފަތުރުވެރިއަކަށެވެ. މި މައްސަަލަ އެމްއެންޑީއެފްއިން ދަނީ ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް