އުރީދޫ ކަލާ ރަންގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު މިއަދު ހަމަވާނެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މި އަންނަ ނޮވެންބަރު މަހުގެ 23 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ކަލާ ރަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓަރީ ވުމަށް އޮތް ފަރުސަތު މިއަދު ހަމަވާނެއެވެ.
5 ކިލޯމީޓަރަށް ދުވުމަށް ހަމަޖެހިފައިވާ މިފަހަރުގެ ކަލާ ރަންގައި 7 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެއެވެ. 12 އަހަރުން ދަށުގެ ކުއްޖެއް ނަމަ އެ ކުއްޖަކާއެކު ބެލެނިވެރިއަކު ބައިވެރިވާން ޖެހޭނެކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
މިއަހަރުގެ ކަލާ ރަން ފޯރިގަދަ ކުރުމަށްޓަކައި ކައިޓް ފެސްޓިވަލް އަދި މިއުޒިކް ޝޯ އެއްވެސް ކުރިއަށް ގެންދާނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ.
ރަޖިސްޓަރ ވާން ބޭނުން ފަރާތްތަކުން އޮންލައިންކޮށް http://ore.do/colorrun މެދުވެރިކޮށް ފަސޭހަ ކަމާއެކު ރަޖިސްޓަރ ވުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް