N/A
N/A
ހަބަރު 04 Nov 2018 | 06:48

ސުއަރޭޒްގެ ލަނޑުތަކާއެކު ބާސެލޯނާ ސަލާމަތްވެއްޖެ

މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ރެލިގޭޝަން ޒޯނުގައި އޮތް ރަޔޯ ވަލެކާނޯ ކޮޅަށް ޖެހި ދެ ލަނޑާއެކު ބާސެލޯނާ ސްޕެނިޝް ލީގުގައި ކުޅުނު މެޗުން ހަނި ގޮތަކަށް މޮޅުވެއްޖެއެވެ.

11 ވަނަ މިނެޓުގައި ސުއަރޭޒް ޖެހި ލަނޑާއެކު ބާސެލޯނާ މެޗުގެ ކުރި ހޯދި ނަމަވެސް ވަލެކާނޯގެ މެދުތެރެއަށް ކުޅޭ ޕޯޒޯ ވަނީ މެޗުގެ 35 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތިޖާ އެއްވަރުކޮށް ދީފައެވެ.

ފުރަތަމަ ހާފުގެ ކުޅުން 1-1 ގައި އޮވެ ނިމުނު އިރު ދެވަނަ ހާފް ފަށާއިގެން މާގިނައިރުތަކެއް ނުވެ ވަލެކާނޯ ވަނީ ލަނޑެއް ޖަހައި ކުރި ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގާސިއާއެވެ.

ވަލެކާނޯގެ ދެވަނަ ލަނޑާއެކު ބާސެލޯނާވަނީ ގިނައިރު ބޯޅަ ގެންގުޅެ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. ވިސްނުންތެރިކަމާއެކު ކުޅެމުން އައި ބާސެލޯނާގެ މަސައްކަތް ކާމިޔާބުވާގޮތްވީ 87 ވަނަ މިނެޓުގައި ޑެމްބެލޭ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްދިން ހިސާބުންނެވެ.

މެޗުގެ ފަހު ވަގުތުގައި ޑިފެންޑަރު ޕީކޭވެސް އެންމެ ކުރިއަށް އަރުވައިގެން ކުޅުނު ބާސެލޯނާގެ މޮޅުވި ލަނޑު ޖަހައިދިނީ 90 ވަނަ މިނެޓުގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ސުއަރޭޒްއެވެ.

މި މޮޅާއެކު 4 ޕޮއިންޓުގެ ފަރަގަކާއެކު ބާސެލޯނާ އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އެއީ 11 މެޗު ކުޅެގެން ލިބުނު 20 ޕޮއިންޓާއެކުއެވެ. ދެވަނައިގަ އޮތް އެޓްލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 20 ޕޮއިންޓެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.