6 އަހަރުގެ ޒައިނަބު ރޭޕްކޮށް މަރާލި މީހާ ދަންޖައްސާ މަރާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
6 އަހަރުގެ ޒައިނަބު ރޭޕްކޮށް މަރާލި އިމްރާން އަލީ ދަންޖައްސާ މަރާލައިފިއެވެ. އިމްރާން ދަންޖެއްސި އިރު ޒައިނަބުގެ ބައްޕަ އަދި އައިލާގެ އެހެން މެންބަރުން އެތާނގަ ތިއްބެވެ.
ޒައިނަބުގެ ގާތިލު ދަން ޖައްސާ މަރާލުމުން އެކަމާއި ހިތް ހަމަޖެހޭ ކަމަށް އޭނާގެ ބައްޕަ ބުނެފައިވެއެވެ.
''އޭނާގެ ނިމުން އަހަރެންގެ ދެ ލޮލުން ދުށިން. އޭނާ ދަންޖެއްސުމުން މަރުވީ ބައިގަޑި އިރު ފަހުން'' ޒައިނަބުގެ ބައްޕަ މީޑިއާ ތަކާއި ވާހަކަ ދައްކަމުން ބުނެފައިވެއެވެ.
ނަމަވެސް އިމްރާން ދަން ޖެއްސިތަން އާންމުންނަށް ފެނިފައި ނުވާތީ ޒައިނަބުގެ ބައްޕަ ހުރީ ހިތްހަމަ ނުޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް