ޔޫކްރެއިންގެ މިލިޓްރީ ކޮލެޖަށް ހަމަލާދީ 50 މީހުން މަރާލައިފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ކިއޭވް (ސެޕްޓެމްބަރު 3) - ޔޫކްރެއިންގެ މެދުތެރޭގެ އަވަށެއް ކަމަށްވާ ޕޮލްޓާވާގެ އަސްކަރީ އިންސްޓިޓިއުޓަކަށް ރަޝިޔާއިން ދެ ބެލިސްޓިކް މިސައިލުން ދިން ހަމަލާއެއްގައި 50 މީހުން މަރުވެ 271 މީހުން ޒަޚަމްވެއްޖެ އެވެ.
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ މިހަމަލާއަށް ރައްދުދޭނެކަމަށެވެ.
އަދި އެ ހަމަލާގެ ސަބަބުން މިލިޓަރީ އިންސްޓިޓިއުޓް އޮފް ކޮމިއުނިކޭޝަންސްގެ އިމާރާތަކަށް ގެއްލުން ލިބުނު ކަމަށް ބުނެ އަވަސް ތަހުގީގެއް ހިންގުމަށް އޭނާ ވަނީ އަންގަވައިފަ އެވެ.
އަދި ރައީސް ޒެލެންސްކީ ވަނީ މަރުވި މީހުންގެ އަދަދު 51 އަށް އަރާފައިވާކަމަށް ވިދާޅުވެފައެވެ.
ހަލާކުވެފައިވާ އިމާރާތުގެ ކުނިތަކުގެ ދަށުގައި މީހުން ތިބިކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި ވީހާވެސް ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށް ޓަކައި ހުރިހާ ކަމެއް ވެސް ކުރަމުން ދާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް