ބޭސްފަރުވާއަށް ނާޒިމް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ބޭސްފަރުވާއަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މޭލޭޝިޔާއަށް ފުރާވަޑައިގެންފިއެވެ.
ނާޒިމް ފުރާވަޑައިގެންނެވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން ހުއްދަ ދޭން މެޑިކަލް ބޯޑުން ނިންމާފައިވާތީ އެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން 30 ދުވަހަށް ފުރުމުގެ ހުއްދަ ދިނުމާއި ގުޅިގެންނެވެ.
މައުލޫމާތު ލިބޭގޮތުގައި ނާޒިމް ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ފައިންޕުޅުގެ ނާރެއް ފިތޭތީ އެކަމަށް ފަރުވާ ކުރުމަށެވެ.
ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފިސްތޯލެއް ފެނުނު މައްސަލައިގައި އޭނާ ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް