އިސްރާއީލުގެ ޖަންގަލިތަކުގައި ރޯވެ އަދަނީ-- ފޮޓޯ: އަނަޑޯލޫ
އިސްރާއީލުގެ ޖަންގަލިތަކުގައި ރޯވެ އަދަނީ-- ފޮޓޯ: އަނަޑޯލޫ
ދުނިޔެ 04 Jun 2024 | 07:53

ލުބުނާނުން ދިން ވަރުގަދަ ހަމަލާތަކެއްގައި އިސްރާއީލުގެ އުތުރުގެ ބައެއްގައި ރޯވެ އަދަނީ!

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ދިން ވަރުގަދަ ރޮކެޓް ހަމަލާތަކެއްގައި ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލުގެ އުތުރުގެ ބައެއްގައި ރޯވެ އަދަން ފަށައިފިއެވެ.

މިހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އުތުރުގެ ޖަންގަލި ސަރަހައްދުތަކުގައި ރޯވެފައިވާއިރު، އަލިފާން ނިއްވުމުގެ މަސައްކަތުގައި ރޭގައި ވެސް ޓީމްތައް ވަނީ މަސައްކަތް ކޮށްފައެވެ. ޖަންގަލީގެ އިތުރުން ބައެއް ގެތަކުގައި ވެސް އަލިފާން ރޯވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުގެ ޕާކްސް އޮތޯރިޓީން ބުނީ މި އަލިފާންގަނޑު އެތައް ސަތޭކަ އަކަފޫޓަކަށް ފެތުރިފައިވާކަމަށެވެ. މިހާތަނަށް އައިރު މި އަލިފާންގަނޑު ވަނީ އިސްރާއީލުގެ ކިރިޔާތު ޝްމޯނާ އަވަށަށް ވެސް ފެތުރި، އެ ސަރަހައްދުގައި ދިރިއުޅެމުން ދިޔަ މީހުން، އެތަނުން ދުރަށް ދިޔުމަށް ވަނީ އަންގާފައެވެ.

އަދިވެސް އަލިފާންގަނޑު ނިއްވާލެވިފައިވާކަމަށް އެއްވެސް މަސްދަރަކުން މައުލޫމާތު ދީފައެއް ނުވެއެވެ.

ހިޒްބުﷲ އިން މި ހަމަލާ އަމާޒުކޮށްފައިވަނީ، ގަލީލީ އަވަށުގައި ހުންނަ ޔަހޫދީ ފައުޖުގެ ހެޑް ކުއާޓަރަކަށެވެ. ހަމައެއާއިއެކު، ގޯލާން ހެއިޓްސް ގައި ހުރި ޔަހޫދީ ފައުޖާއި ގުޅުން ހުރި ތަންތަނަށް ވެސް އިސްރާއީލުން ވަނީ ހަމަލާ އަމާޒުކޮށްފައެވެ.

މި ހަމަލާތަކުގައި މިހާތަނަށް މީހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައި ނުވި ނަމަވެސް، 6 ޔަހޫދީ ސިފައިންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް