ގޭހުގެ އައު ޝިޕްމަންޓް ލިބި ގޭހުގެ ދަތިކަން ހައްލުކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ގޭހުގެ އައު ޝިޕްމަންޓް ލިބި ދިމާވި ގޭހުގެ ދަތިކަން ހައްލުކޮށްފައިވާ ކަމަށް މޯލްޑިވް ގޭހުން ބުނެފި އެވެ.
އެމެރިކާއާ އިޒްރޭލުން އިސްވެ އީރާނަށް ހަމަލާދޭން ފެށުމާއި ގުޅިގެން މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށި މުޅި ދުނިޔެއަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފަ އެވެ. ހާއްސަކޮށް ތެލާއި ގޭސް ލިބުން ދަތިވެ އެތަކެތީގެ އަގު ވަނީ މިއިން ޒަމާނަކު މައްޗަށް ނުދާ މިންވަރަށް މައްޗަށްގޮސްފަ އެވެ.
އެކަމާއި ގުޅިގެން ގޭހަށް ނުޖެހި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށް ދިނުމަށް މޯލްޑިވް ގޭހުން ވަނީ ކޮންޓްރޯލް ކޮށްގެން ގޭސް ވިއްކާފަ އެވެ. އެގޮތުން 10 ކިލޯގެ ގޭސްފުޅި ވިއްކުން ވަގުތީގޮތުން މެދުކަނޑާލި އެވެ.
ނަމަވެސް އެ ކުންފުނިން މިއަދު ބުނީ ގޭހުގެ އައު ޝިޕްމަންޓް ލިބި ދިމާވި ގޭހުގެ ދަތިކަން ހައްލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު 10 ކިލޯގެ ގޭސް ފުޅި މޯލްޑިވް ގޭސް އިން ލިބޭނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް