އެންޑީއެންގެ ހުއްދަ ބާތިލްކުރަން ނިންމި ނިންމުމާއި ދެކޮޅަށް އެމްނެސްޓީން ތެދުވެއްޖެ
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގެ ހުއްދަ ބާތިލްކުރުމަށް ޔޫތު މިނިސްޓްރީން ނިންމި ނިންމުން އަނބުރާ ގެނައުމަށް އެމްނެސްޓީ އިންޓަރނޭޝަނަލްއިން ގޮވާލައިފިއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާާއެއްކަމުގައިވާ އެމްނެސްޓީން މިހެން ބުނެފައިވަނީ އާންމުކުރި ނޫސްބަޔާނެއްގައެވެ.
އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާގެ ރިސާޗް ޑިރެކްޓަރ ދިނޫޝިކާ ޑިސަނަޔަކަ ވިދާޅުވީ އެމްޑީއެންއަށް އެފަރާތްތަކަށް ލިބިފައިވާ ޚިޔާލު ފާާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ސަބަބުން އަދަބު ލިބެމުންދާ ކަމަށެވެ. އަދި ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ރިޕޯޓެއްގެ ވާހަކަ މިހާރު ދައްކައި، އެ ޖަމްއިއްޔާ އުވާލުމަށް އެ ރިޕޯޓް ބޭނުންކުރަމުންދާތީ އެކަމުގެ އަސްލު މަގުސަދާއި މެދު ސުވާލު އުފެދޭކަމަށް އޭނާ ވަނީ ބުނެފައެވެ.
އަދި މި ސަރުކާރަކީ ކުރީގެ ސަރުކާރު ފަދައިން ތަފާތު ޚިޔާލުތައް ބަލައިނުގަނެވޭ ސަރުކާރެއްތޯ އެ ބަޔާނުގައި ވަނީ ސުވާލު އުފައްދާފައެވެ.
އެމްނެސްޓީން ވަނީ އެމްޑީއެން އުވާލުމަށް ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް، އެތަނުގެ މުވައްޒަފުންނަށް ދެމުންދާ އިންޒާުރުތަކުގެ މައްސަލަތައް ތަހުގީގުކުރަން ޖެހޭނެކަމަށް ބުނެފައެވެ. އަދި އެތަނުގެ މުވައްޒަފުންނަށް ހިމާޔަތްދީ، ބިރަކާއި ނުލައި ޖަމްއިއްޔާތަކަށް އެ ޖަމްއިއްޔާތަކުގެ މަސައްކަތްތައް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދޭންޖެހޭނެކަމަށްވެސް ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް