ބީއެމްއެލްގެ ހިއްސާއަކަށް 24ރުފިޔާ ބަހަނީ
ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާއަކަށް 24ރުފިޔާ ބަހަން އެ ބޭންކްގެ ބޯޑުން ނިންމައިފިއެވެ.
ބޭންކުން މައުލޫމާތު ދޭގޮތުގައި ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 24 ރުފިޔާ ބެހުމަށް ހިއްސާދާރުން ފާސްކޮށްދިނުމަށް އެދި، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.
މިދިޔަ އަހަރުގެ ޖުމްލަ ޑިވިޑެންޓްގެ ގޮތުގައި 129,166,080 (ސަތޭކަ ނަވާވީސް މިލިއަން އެއްލައްކަ ފަސްދޮޅަސް ހަހާސް އަށްޑިހަ) ރުފިޔާ އެކުންފުނީގެ އަހަރީ އާންމު ބައްދަލުވުމުގައި ހިއްސާދާރުންނަށް ބެހުމަށް ވަނީ ނިންމައިފައެވެ.
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާ، އަދި ޖަލްސާއާ ގުޅޭ އެހެނިހެން ލިޔުންތައް ބީއެމްއެލްގެ ވެބްސައިޓްގައި އާންމުކޮށް ޝާއިއުކުރާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް