ޖާބިރު ރަލުގެ ވާހަކަ ދައްކަވާތީ އާމިރު ކަންބޮޑުވުން ފާޅުކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަބްދު ރަލުގެ ވާހަކަ ދައްކަވާތީ، މަޖިލީހުގެ ކުޑަހުވަދޫގެ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު ކަންބޮޑުން ފާޅުކުރައްވައިފފިއެވެ.
ރާއްޖޭގައި ރަލާއި އޫރުމަސް މަނާ ކުރުމަށް އެދި ޖާބިރު ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުން، އާމިރު ވިދާޅުވީ، ރާ ހަރާމް ކުރައްވާފައިވަނީ އޭގެ ސަބަބުން މުޖްތަމައުއަށް ނުރައްކާ ވާތީ ކަމަށެވެ.
"ކީއްތޯ ވާނީ ރާ ނުބޮއި ހުރިއްޔާ؟ އަޅުގަނޑަކަށް ހަމަ ގައިމުވެސް ރަލެއް ނުދެވޭނެ. ހޭނައްތާފައިވެސް ނުދެވޭނެ. ހަމަ ހޭ އެރީ ހޮޑު ދުއްވާލީ. އެހެންވީމަ ރާ ތަނެއްގައި ހުއްޓަސް އެރާ ބޯކަށް ނުޖެހެޔޭ" މެމްބަރު އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ ރަލާއި ބެހޭ ވާހަކަތައް ދައްކަންވާނީ ޒިންމާދާރު ގޮތެއްގައި ކަމަށެވެ. އެގޮތުން ރަލުގެ ވާހަކަ ދައްކަން ވާނީ އިހްލާސްތެރި ނިޔަތެއް އޮވެގެން ކަަމަށާއި، އެއީ ސިޔާސީ މަންފާއެއް ހޯދަން ދައްކާ ވާހަކައަކަށް ވެގެން ނުވާނެ ކަމަށްވެސް އާމިރު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ރަލާއި އޫރުމަސް މަނާ ކުރުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އިއްޔެ ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް