އެސްއޯއެފްއަކީ މަނީ ލޯންޑްރިންްގ ކުރާ ބައެއްކަން އިދާރާއަކުން ކަނޑައެޅިތޯ ސުވާލު އުފައްދައިފި
އެމްއެމްޕިއާރްސީން ދޫކުރި ރަށްތަކާއި ފަޅުތަކުގެ އާމްދަނީގެ ބޮޑުބަޔެއް ޖަމާވި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑަކީ މަނީ ލޯންޑްރިންގ ކުރާ ކުންފުންޏެއްކަމަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ކަނޑައަޅާފައިވޭތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުން ސުވާލު އުފައްދައިފިއެވެ.
މިއަދު ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނުގެ ޓީމްގެ ފަރާތުން މިފަދައިން ސުވާލު އުފައްދާފައިވަނީ މައުޟޫއީ ގޮތުން ދިފާޢު ހުށަހަޅަން ހުރި ދަތިތަކެއް ސާފުކޮށްދިނުމަށެވެ.
އެގޮތުން ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަލީ ޝާހު ކުރިމަތިކުރުވި އެއް ސުވާލަކީ އެސްއޯއެފް ކުންފުންޏަކީ މަނީ ލޯންޑްރިންގ ކުރާ ކުންފުންޏެއްތޯ ދައުލަތުގެ އެއްވެސް އިދާރާއަކުން ކަނޑައަޅާފައިވޭތޯއެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ އެސްއޯއެފް އަކީ މަނީ ލޯންޑްރިން ކުރާ ކުންފުންޏެއް ކަމަށް ނިންމާފައެއް ނުވާނެކަމަށާއި އެއީ ޤާނޫނީ ގޮތުން ކުރަން ޖެހޭ ކަމެއް ނޫންކަމަށެވެ.
އެކަަމަނާ އިތުރަށް ވިދާޅުވީ އެ ކުންފުނީގެ އެކައުންޓް ވަނީ ގިނަ މުއާމަލާތެއް ހިނގާފައިވާ ކަމަށާއި ނަމަވެސް ދައުވާ ލިބޭ ފަރާތްކަމުގައިވާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ މާބިންހުރާ އިން ލިބުނު ފައިސާކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް