N/A
N/A
ހަބަރު 23 Oct 2018 | 09:04

ޕޭޔާރ: ހުރިހާ ޕޭމަންޓެއް އެއްތަނަކަށް!

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

އާންމުކޮށް ބޭނުންކުރާ ގިނަ ހިދުމަތްތަކަށް އެއް ތަނަކުން ބިލްދެއްކޭނެ ހިދުމަތް ޤާއިމް ކުރުމުގެ ނިޔަތުގައި އުފެއްދި ދިވެހި ފުރަތަމަ މޮބައިލް އެޕްލިކޭޝަން "ޕޭޔާރ" ލޯނޗުކޮށްފިއެވެ.

"ޕޭޔާރ" އެޕްލިކޭޝަން ތަރައްގީ ކުރި ޕޭޔާރ ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ އަލީ ހާރިސް ވިދާޅުވި ގޮތުގައި މި އެޕްލިކޭޝަނުގެ މަގުސަދަކީ ހުރިހާ ޕޭމަންޓެއް އެއްތަނަކަށް ގެނެސް ފަސޭހަކަމާއި އެކު ހިދުމަތްތަކަށް ފައިސާ ދެއްކޭނެ މަގު ފަހިކޮށް ދިނުމެވެ.

އެގޮތުން، މިއަދުން ފެށިގެން ރާސްޓަސް، ރީލޯޑް، އޫރިދޫގެ ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރަށް ލަވަފޮށި، އައިޓިއުންސް، ގޫގަލް ޕްލޭ، ޕްލޭސްޓޭޝަން ނެޓްވޯކް އަދި ސްޕޮޓިފައިގެ ގިފްޓް ކާޑުތައް ގަންނަން ލިބޭނެކަމަށް ހާރިސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރަށް، ކުރިޔަށް އޮތްތަނުގައި ޕޭޔާރ މެދުވެރިކޮށް ކަރަންޓް، ފެން ބިލް ދެއްކުމުގެ ހިދުމަތާއި އަދިވެސް އެހެނިހެން ގިނަ ހިދުމަތްތަކެއް ލިބިގެންދާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

މިހާރުވެސް ވަކިވަކިން އޮންލައިންކޮށް ބިލްދެއްކޭ އެޕްލިކޭޝަންތައް ހުރިކަމުގައިވިޔަސް، ކޮންމެ ހިދުމަތަކަށް ވަކި އެޕްލިކޭޝަނެއް އެޅުމުގެ ބަދަލުގައި އެ ހުރިހާ ހިދުމަތަކަށް ޕޭޔާރ މެދުވެރިކޮށް ފައިސާ ދެއްކޭނެކަމަށް ހާރިސް ވަނީ ވިދާޅުވެފައެވެ. އަދި "ޕޭޔާރ"ގައި އެއް ފަހަރު ދައްކަން ބޭނުންވާ ބިލް އެޑްކުރުމަށްފަހު ކޮންމެ މަހަކު ބިލް ތައްޔާރުވުމުން ނޮޓިފިކޭޝަން ލިބޭނެއެވެ. އަދި މާކެޓްގައި ހުރި އެޕްލިކޭޝަންތަކާއިހިލާފަށް އެއް އެކައުންޓަށްވުރެ ގިނަ އެކައުންޓްތައް މެނޭޖްކޮށް، އެއްފަހަރާ އެތައް ބިލެއް ދެއްކުމުގެ ހިދުމަށް "ޕޭޔާރ" މެދުވެރިކޮށް ލިބިގެން ދާނެއެވެ.

މުސްތަގުބަލުގައި "ޕޭޔާރ" ޕޭމަންޓް ހިދުމަތުގެ އިތުރަށް، ފައިނޭޝަލް އެވެއާނެސް އިތުރުކޮށް، މަހެއްގެ މައްޗަށް ހިނގާ ހަރަދުތައް ޓްރެކް ކުރެވޭ ފަދަ އެޕްލިކޭޝަނަކަށް "ޕޭޔާރ" ވެގެން ދާނެކަމަށް ހާރިސް ހާމަކުރެއެވެ.

"ޕޭޔާރ"ގެ އެންމެ ބޮޑު އުންމީދަކީ، ދުނިޔޭގެ އެންމެ މަގުބޫލް ޕޭމަންޓް އެޕްލިކޭޝަންތައް ކަމުގައިވާ އެލީޕޭ، ވީޗެޓްޕޭ ފެންވަރުގެ ހިދުމަތެއް ރާއްޖެއަށް ތައާރަފްކުރުމެވެ. މި ފަދަ ހިދުމަތެއް ތައާރަފްކޮށް ފުރިހަމަ ކުރުމަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަމަށް "ޕޭޔާރ" އިން އެދެއެވެ.

"ޕޭޔާރ"ގެ ސަބަބުން ދިވެހިންގެ ދިރިއުޅުން އިތުރަށް ފަސޭހަކޮށް ބިލްދައްކަން ކިއުގައި ޖެހުމުގެ ސަގާފަތް ނައްތާލައި ބިލްތައް ދައްކަން އެތައް އެޕްލިކޭޝަނެއް އެޅުމުގެ ބޭނުން ކެނޑިގެންދާނެކަމަށް މި ހިތްގައިމު އެޕްލިކޭޝަން ތަރައްގީ ކުރި ފަރާތުން ދެކެއެވެ.

ޕޭޔަރ އެޕްލިކޭޝަން މިހާރުން ފެށިގެން ގޫގަލް ޕްލޭސްޓޯ އަދި އެޕަލް އެޕްސްޓޯއިން ޑައުންލޯޑުކުރެވޭނެއެވެ.

ޑައުންލޯޑް: www.payer.mv/get

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...