ނިއުޒިލޭންޑްގެ އަވަށެއްގެ ކައުންސިލަރކަމަށް ދިވެއްސަކު ވާދަކުރަނީ
ނިއުޒިލޭންޑްގެ އަވަށެއްގެ ކައުންސިލަރކަމުގެ މަގާމަށް ވާދަކުރުމަށް ދިވެއްސަކު ނިންމައިިފިއެވެ.
އެގައުމުގެ ހަޓް ސިޓީގެ ކައުންސިލަރކަމުގެ މަގާމަށް ކުރިމަތިލާފައިވާ ފަރާތަކީ ޝަޒްލީ ރަޝީދެވެ.
ޝަޒްލީ އިއްޔެކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ހަޓް ސިޓީއާއި މެދު ކުރެވޭ އުންމީދަކީ ވިޔަފާރިތަކުން އިންވެސްޓްކުރުމަށް ބޭނުންވާނެ ޝަހަރަކަށް ހަދައި، ވިޔަފާރީގެ ފުރުސަތުތައް ތަނަަވަސްކުރުން ކަމަށެވެ.
އަދި އެ ސަރަހައްދަކީ ރައްކާތެރި އަދި އާއިލާއެއް ބިނާކުރުމަށާއި ވިޔަފާރިތައް ވެސް ފެށުމަށް ރަނގަޅު ސިޓީއަކަށް ހެދުމަކީ އަމާޒެއް ކަމަށްވެސް ޝަޒްލީ ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް