ޖަރުމަނުވިލާތުގެ ސޮލިންގެން ސިޓިގައި ހަމަލާދިން ތަނުގައި ފުލުހުން ހަރަކާތްތެރި ވަނީ: ފޮޓޯ/ އަލް-ޖަޒީރާ
ޖަރުމަނުވިލާތުގެ ސޮލިންގެން ސިޓިގައި ހަމަލާދިން ތަނުގައި ފުލުހުން ހަރަކާތްތެރި ވަނީ: ފޮޓޯ/ އަލް-ޖަޒީރާ
ދުނިޔެ 24 Aug 2024 | 05:54

ޖަރުމަނުގެ ފެސްޓިވަލެއްގައި ވަޅިން ހަމަލާދީ 3 މީހުން މަރާލައިފި

ޖަރުމަނުވިލާތުގެ ސޮލިންގެން ސިޓީގައި ބޭއްވި "ފެސްޓިވަލް އޮފް ޑައިވަރސިޓީ" އަށް އަމާޒުކޮށް ދިން ވަޅި ހަމަލާއެއްގައި 3 މީހުން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ ސޮލިންގެން ސިޓީގެ އުފެދުމުގެ 650 ވަނަ އަހަރު ފާހަގަކުރުމަށް ބޭއްވުނު ފެސްޓިވަލްގައެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މި ހަމަލާގައި 4 މީހުންނަށް އަނިޔާވެފައިވާ ކަމަށް ބެލެވެއެވެ.

މިރޭ، އަޅުގަނޑުމެން އެންމެން ސޮލިންގެންގައި ކުރިމަތިލާންޖެހެނީ ޝޮކާއި، ބިރުވެރިކަމާއި އަދި ބޮޑު ހިތާމައަކާ. އަޅުގަނޑުމެން އެންމެން ބޭނުންވީ އަޅުގަނޑުމެންގެ ސިޓީގެ އަހަރީ ދުވަސް އެކުގައި ފާހަގަކުރަން. އެކަމަކު މިހާރު އަޅުގަނޑުމެން މަރުވެފައިވާ މީހުންނާއި ޒަޚަމްވެފައިވާ މީހުންނަށްޓަކައި ހިތާމަކުރަން ޖެހިއްޖެ.

ސޮލިންގެންގެ މޭޔަރު ޓިމް-އޮލިވަރ ކުޒްބަކް


މި ހާދިސާއާ ގުޅިގެން ޖަރުމަނުވިލާތުގެ ފުލުހުން ވަނީ ތަޙްޤީޤު ފަށާފައެވެ.

އަދި ހަމަލާ ދިން ފަރާތް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް