ލެސްޓަރ ސިޓީގެ ވެރިޔާ މަރުވިކަން ކްލަބުން ކަށަވަރު ކޮށްދީފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބެއް ކަމަށްވާ ލެސްޓަރ ސިޓިގެ ވެރިޔާ ވިޗައި ސްރިވަދްނަޕްރަބްހަ ދަތުރުކުރަމުން ދިޔަ ހެލިކޮޕްޓަރު ލެސްޓަރ ސިޓިގެ ކިންގް ޕަވަރ ސްޓޭޑިއަމް ކައިރިއަށް ވެއްޓުނު ހާދިސާގައި އޭނާ މަރުވެފައިވާކަން އެ ކްލަބުން ކަށަވަރު ކޮށްދީފިއެވެ.
މިކަމާއި ގުޅޭގޮތުން ލެސްޓަރއިން ނެރުނު ބާޔާނުގައި ބުނެފައިވަނީ ދުނިޔެއާއި ވަކިވެގެން ދިޔައީ ހިތްހެޔޮ އަދި ރަނގަޅު މީހެއް ކަމަށާއި ވިޗައިގެ ބެލުމުގެ ދަށުން ލެސްޓަރ ގެންގުޅެފައިވަނީ އާއިލާއެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާ ލެސްޓަރއައި މެދު ކުރި އުންމީދުތައް ހަގީގަތަކަށް ހެދުމަށް ކްލަބުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
ފުލުހުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ވިޗައިގެ އިތުރުން އޭނާގެ ދެ މުވައްޒަފަކާއި، ޕައިލެޓުގެ އިތުރުން ޕެސެންޖަރެއްގެ ގޮތުގައި އިން މީހަކުވެސް ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ވަނީ މަރުވެފައެވެ.
ލެސްޓަރ ކުޅޭ މެޗުތައް ބެލަން ދިޔުމަށާއި މެޗު ނިމިގެން ދަނޑުދޫކޮށް ދިޔުމަށްވެސް ވިޗައި އާންމުގޮތެއްގައި ދަތުރު ކުރަނީ ހެލިކޮޕްޓަރު މެދުވެރިކޮށެވެ.
ވިޗައި ދަތުރު ކުރަމުން ދިޔަ ހެލިކޮޕްޓަރު ލެސްޓަރގެ ސްޓޭޑިއަމް ކައިރިއަށް ވެއްޓުނީ ރޭގައި ލެސްޓަރ އަދި ވެސްޓް ހަމް ބައްދަލުކުރި މެޗަށް ފަހު އޭނާ ސްޓޭޑިއަމް ދޫކޮށް ދިޔަތާ މާގިނައިރުތަކެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް