ފަރުވާ އަށް ފަހު ސަލްމާން ރަސްގެފާނުގެ ހާލުކޮޅު ރަނގަޅު: ސައުދީގެ ވަލީއަހުދު
ފުއްޕާމެއަށް ދިމާވި ސިއްހީ މައްސަލަ އަށް ފަރުވާ ހޯއްދެވުމަށްފަހު ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާލުކޮޅު ރަނގަޅުކަމަށް އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.
ކެބިނެޓް ޖަލްސާއެއްގައި ވަލީއަހުދު މިފަދައިން ވިދާޅުވިއިރު، އެބޭފުޅާ ވަނީ ރަސްގެފާނުގެ ޞިއްޙަތާ ބެހޭގޮތުން އެހި އަދި ކަންބޮޑުވުންފާޅުކުރި އެންމެންނަށް ޝުކުރުއަދާކުރައްވާފައެވެ.
މި ހަފްތާގެ އާދިއްތަ ދުވަހު އެސްޕީއޭ އިން ރިޕޯޓް ކުރި ގޮތުގައި ރަސްގެފާނު ސަލްމާން ވަނީ ހުން އައިސް ހުޅުތަކުގައި ރިއްސާތީ އެމަނިކުފާނުގެ މެޑިކަލް ޓީމުގެ އެދުމުގެ މަތިން ޓެސްޓްތަކެއް ހަދާފައެވެ.
އޭގެފަހުން އެނޫހުން ރިޕޯޓް ކުރި ގޮތުގައި ރަސްގެފާނު ސަލްމާން ދަނީ އެމަނިކުފާނުގެ ފުއްޕާމޭ ދުޅަވުމާއި ގުޅިގެން އެންޓިބަޔޮޓިކްސް ހިމެނޭ ތެރަޕީ ޕްރޮގްރާމެއް ނަންގަވަމުންނެވެ.
އުމުރުން 88 އަހަރުފުޅުގެ ރަސްގެފާނު ސަލްމާން ތަޚުތާއި ހަވާލުވެވަޑައިގަތީ 2015 ވަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް