ހަމަލާ ދިނުމުގެ ވަގުތުކޮޅެއް ކުރީންގެ މަންޒަރު
ހަމަލާ ދިނުމުގެ ވަގުތުކޮޅެއް ކުރީންގެ މަންޒަރު
ދުނިޔެ 12 Oct 2026 | 06:09

ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް؛ ހަމަލާ ދިނީ އުމްރާވެރިން ބޯޓަށް އަރަން ދަނިކޮށް

ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.

ވީޑިއޯ އިން ފެންނަ ގޮތުން ހަމަލާ ދިން ވަގުތު ބައެއް އުމްރާވެރިން ދިޔައީ ޗެކިން ވުމަށްފަހު ބޯޓަށް އަރާށެވެ. އަނެއް ބަޔަކު ތިބީ މަޑުކޮށްގެންނެވެ.

މި ހަމަލާގައި ޖުމްލަ 12 މީހުން މަރުވެ، 309 މީހުން ޒަޚަމްވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މި ހަމަލާ އަމާޒުވީ އެ ޤައުމުގެ އުމްރާ ގުރޫޕެއް ތިބި ތަނަށެވެ. އެ ގުރޫޕުގައި 45 މީހުން ހިމެނުނުއިރު، އޭގެތެރެއިން 32 މީހުންނަށް އަނިޔާއެއް ނުލިބި ސަލާމަތްވި ކަމަށްވެ އެވެ. ނަމަވެސް، އެކަކުގެ ދެފައި ބުރިވެ، އެތައް ބަޔަކަށް އަނިޔާވި ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސަޢޫދީގެ ހަތަރު ރައްޔިތުންނާއި، ފަލަސްޠީނާއި، އެމެރިކާއާއި، މިޞްރާއި، އުރުދުންއާއި، ސީރިޔާ އަދި ސޫދާންގެ ރައްޔިތުން ހިމެނެއެވެ. ޒަޚަމްވި މީހުންގެ ތެރެއިން ގިނަ ބަޔެއްގެ ހާލު ސީރިއަސް ކަމަށް ޚަބަރު ލިބެއެވެ.

އޮކްޓޯބަރު 11 ގައި ރިޔާޟް އެއާޕޯޓަށް ދެވަނަ ހަމަލާއެއް ދިނުމުން އިތުރު މީހަކު މަރުވެފައިވެ އެވެ. ހަމަ އެދުވަހު، ސަޢޫދީގެ އިރުމަތީގައިވާ ދައްމާމް އެއާޕޯޓަށް ވެސް ހަމަލާދީފައިވެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަނާކުރި ކަމަށް ބުނާ ލިޔުންތެރިންގެ ލިސްޓެއްގައި މަޝްހޫރު ޢިލްމުވެރިންތަކެއް
01 Nov 2026 ދުނިޔެ

މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަނާކުރި ކަމަށް ބުނާ ލިޔުންތެރިންގެ ލިސްޓެއްގައި މަޝްހޫރު ޢިލްމުވެރިންތަކެއް

ސަޢޫދީ ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ލައިބްރަރީގައި މަނާކޮށްފައިވާ ފޮތްތައް ކަމަށް ބުނެ، ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ލިޔުމެއްގައި އިސްލާމީ ދުނިޔޭގެ މަޝްހޫރު ގިނަ ޢިލްމުވެރިންތަކެއް ހިމެނިފައިވާތީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

މައްކާ، މަދީނާ އަދި ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ހަމަލާތަކެއް ހުއްޓުވައިފި
31 Oct 2026 ދުނިޔެ

މައްކާ، މަދީނާ އަދި ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ހަމަލާތަކެއް ހުއްޓުވައިފި

ހުކުރު އަދި ހޮނިހިރު ދުވަހު ހޫޘީން ވަނީ ގައުމުގެ އެކި ހިސާބުތަކަށް އަމާޒުކޮށް ދެ މިސައިލާއި ތިން ޑްރޯން ފޮނުވާލާފައެވެ. މީގެ ތެރޭގައި ހުޅަނގު ސަރަހައްދަށް އަމާޒުކުރި ކުރޫޒް މިސައިލަކާއި، ދެކުނަށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ހިމެނެއެވެ. މި ހުރިހާ ހަމަލާތަކެއްވެސް ސައުދީގެ ދިފާއީ ނިޒާމުން ވަނީ ވައިގެ ތެރޭގައި ނައްތާލާފައެވެ.

ޓެންޒޭނިއާގެ ގުޅިފައިވާ ދެބެން ވަކިކުރުމަށް ސައުދީ އަރަބިއްޔާއިން 15 ގަޑިއިރުގެ އޮޕަރޭޝަނެއް
29 Oct 2026 ދުނިޔެ

ޓެންޒޭނިއާގެ ގުޅިފައިވާ ދެބެން ވަކިކުރުމަށް ސައުދީ އަރަބިއްޔާއިން 15 ގަޑިއިރުގެ އޮޕަރޭޝަނެއް

ލައިޓިއެންސް އާއި ލޮވެންސް ނަމަކަށް ކިޔާ އުމުރުން ދެ އަހަރުގެ މި ދެބެން ވަކިކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށާފައިވާއިރު، މި އޮޕަރޭޝަނަށް ގާތްގަނޑަކަށް 15 ގަޑިއިރު ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.

މަސްޖިދުލް ޙަރަމްގައި އެއްޖަމާޢަތަކަށް، އެއް އިމާމެއްގެ ފަހަތުގައި ނަމާދުކުރާތާ 100 އަހަރު
28 Oct 2026 ދުނިޔެ

މަސްޖިދުލް ޙަރަމްގައި އެއްޖަމާޢަތަކަށް، އެއް އިމާމެއްގެ ފަހަތުގައި ނަމާދުކުރާތާ 100 އަހަރު

މައްކާގެ މަސްޖިދުލް ޙަރަމްގައި ވަކިވަކި މަޛްހަބުތަކަށް ބަހާލައިގެން ކުރަމުން އައި ޖަމާޢަތްތައް ހުއްޓާލައި، އެއް އިމާމެއްގެ ފަހަތުގައި މުސްލިމުން އެއް ޖަމާޢަތެއްގައި ނަމާދުކުރަން ފެށިތާ 100 އަހަރު ފުރިއްޖެއެވެ.

ސައުދީން 2027 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ތެޔޮ ރައްކާކުރަނީ
26 Oct 2026 ދުނިޔެ

ސައުދީން 2027 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ތެޔޮ ރައްކާކުރަނީ

މި މަޝްރޫއުގެ މައިގަނޑު މަޤްސަދަކީ ދެ ޤައުމުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ތެޔޮ ފޯރުކޮށްދިނުމުގެ ސަޕްލައި ޗެއިން އިތުރަށް ވަރުގަދަކުރުމެވެ.

ޙޫޘީންގެ ޙަމަލާތައް ވަރުގަދަވެ، ސަޢޫދީގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން އެ ޤައުމުން ފޭބުމަށް އަންގައިފި
22 Oct 2026 ދުނިޔެ

ޙޫޘީންގެ ޙަމަލާތައް ވަރުގަދަވެ، ސަޢޫދީގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން އެ ޤައުމުން ފޭބުމަށް އަންގައިފި

ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ވަރުގަދަވެ، އެ ޤައުމުގެ އެކި ސަރަޙައްދުތަކުން މީހުން މަރުވުމާ ގުޅިގެން، ސަޢޫދީގައި ތިބި އެމެރިކާގެ ބައެއް ޑިޕްލޮމެޓުންނާއި އެމީހުންގެ ޢާއިލާތައް އެ ޤައުމުން ފޭބުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަންގައިފިއެވެ.