ސައުދީގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓް..
ސައުދީގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓް..
ދުނިޔެ 11 Oct 2026 | 03:21

ސައުދީގެ ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 12 މީހުން މަރުވެ، 309 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަން އެ ގައުމުގެ ސިވިލް އެވިއޭޝަން އޮތޯރިޓީ (ޖީ.އޭ.ސީ.އޭ) އިން ކަށަވަރުކޮށްދީފިއެވެ.

ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ.

މި ހަމަލާގައި ޒަޚަމްވި 309 މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށާއި، އެ އެންމެންނަށް މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މި ހަމަލާގެ ސަބަބުން އެއާޕޯޓުގެ އިމާރާތްތަކަށާއި ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. މި ފިޔަވަޅަކީ އެމަޖެންސީ ޓީމުތަކުން ސަލާމަތީ ކަންކަން ކަށަވަރުކުރުމަށާއި، ފަސިންޖަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި މުހިންމު ފިޔަވަޅެއްކަމަށް ޖީއޭސީއޭއިން ބުންޏެވެ.

މި ހަމަލާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުވެސް އެ އެއާޕޯޓަށް ދެވުނު ދެ ހަމަލާއެއްގައި ސައުދީ ތިން ރައްޔިތުން މަރުވެފައިވަނިކޮށެވެ. ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދިނުން އިތުރުވެފައިވާއިރު ޔޫއެސް އެކެރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވަނީ ހޫތީންގެ މި ހަމަލާތައް ހަރުކަށި އިމާރާތުން ކުށްވެރިކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަނާކުރި ކަމަށް ބުނާ ލިޔުންތެރިންގެ ލިސްޓެއްގައި މަޝްހޫރު ޢިލްމުވެރިންތަކެއް
01 Nov 2026 ދުނިޔެ

މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަނާކުރި ކަމަށް ބުނާ ލިޔުންތެރިންގެ ލިސްޓެއްގައި މަޝްހޫރު ޢިލްމުވެރިންތަކެއް

ސަޢޫދީ ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ލައިބްރަރީގައި މަނާކޮށްފައިވާ ފޮތްތައް ކަމަށް ބުނެ، ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ލިޔުމެއްގައި އިސްލާމީ ދުނިޔޭގެ މަޝްހޫރު ގިނަ ޢިލްމުވެރިންތަކެއް ހިމެނިފައިވާތީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

މައްކާ، މަދީނާ އަދި ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ހަމަލާތަކެއް ހުއްޓުވައިފި
31 Oct 2026 ދުނިޔެ

މައްކާ، މަދީނާ އަދި ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ހަމަލާތަކެއް ހުއްޓުވައިފި

ހުކުރު އަދި ހޮނިހިރު ދުވަހު ހޫޘީން ވަނީ ގައުމުގެ އެކި ހިސާބުތަކަށް އަމާޒުކޮށް ދެ މިސައިލާއި ތިން ޑްރޯން ފޮނުވާލާފައެވެ. މީގެ ތެރޭގައި ހުޅަނގު ސަރަހައްދަށް އަމާޒުކުރި ކުރޫޒް މިސައިލަކާއި، ދެކުނަށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ހިމެނެއެވެ. މި ހުރިހާ ހަމަލާތަކެއްވެސް ސައުދީގެ ދިފާއީ ނިޒާމުން ވަނީ ވައިގެ ތެރޭގައި ނައްތާލާފައެވެ.

ޓެންޒޭނިއާގެ ގުޅިފައިވާ ދެބެން ވަކިކުރުމަށް ސައުދީ އަރަބިއްޔާއިން 15 ގަޑިއިރުގެ އޮޕަރޭޝަނެއް
29 Oct 2026 ދުނިޔެ

ޓެންޒޭނިއާގެ ގުޅިފައިވާ ދެބެން ވަކިކުރުމަށް ސައުދީ އަރަބިއްޔާއިން 15 ގަޑިއިރުގެ އޮޕަރޭޝަނެއް

ލައިޓިއެންސް އާއި ލޮވެންސް ނަމަކަށް ކިޔާ އުމުރުން ދެ އަހަރުގެ މި ދެބެން ވަކިކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށާފައިވާއިރު، މި އޮޕަރޭޝަނަށް ގާތްގަނޑަކަށް 15 ގަޑިއިރު ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.

މަސްޖިދުލް ޙަރަމްގައި އެއްޖަމާޢަތަކަށް، އެއް އިމާމެއްގެ ފަހަތުގައި ނަމާދުކުރާތާ 100 އަހަރު
28 Oct 2026 ދުނިޔެ

މަސްޖިދުލް ޙަރަމްގައި އެއްޖަމާޢަތަކަށް، އެއް އިމާމެއްގެ ފަހަތުގައި ނަމާދުކުރާތާ 100 އަހަރު

މައްކާގެ މަސްޖިދުލް ޙަރަމްގައި ވަކިވަކި މަޛްހަބުތަކަށް ބަހާލައިގެން ކުރަމުން އައި ޖަމާޢަތްތައް ހުއްޓާލައި، އެއް އިމާމެއްގެ ފަހަތުގައި މުސްލިމުން އެއް ޖަމާޢަތެއްގައި ނަމާދުކުރަން ފެށިތާ 100 އަހަރު ފުރިއްޖެއެވެ.

ސައުދީން 2027 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ތެޔޮ ރައްކާކުރަނީ
26 Oct 2026 ދުނިޔެ

ސައުދީން 2027 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ތެޔޮ ރައްކާކުރަނީ

މި މަޝްރޫއުގެ މައިގަނޑު މަޤްސަދަކީ ދެ ޤައުމުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ތެޔޮ ފޯރުކޮށްދިނުމުގެ ސަޕްލައި ޗެއިން އިތުރަށް ވަރުގަދަކުރުމެވެ.

ޙޫޘީންގެ ޙަމަލާތައް ވަރުގަދަވެ، ސަޢޫދީގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން އެ ޤައުމުން ފޭބުމަށް އަންގައިފި
22 Oct 2026 ދުނިޔެ

ޙޫޘީންގެ ޙަމަލާތައް ވަރުގަދަވެ، ސަޢޫދީގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން އެ ޤައުމުން ފޭބުމަށް އަންގައިފި

ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ވަރުގަދަވެ، އެ ޤައުމުގެ އެކި ސަރަޙައްދުތަކުން މީހުން މަރުވުމާ ގުޅިގެން، ސަޢޫދީގައި ތިބި އެމެރިކާގެ ބައެއް ޑިޕްލޮމެޓުންނާއި އެމީހުންގެ ޢާއިލާތައް އެ ޤައުމުން ފޭބުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަންގައިފިއެވެ.