ބެޓެރީއެއްގޮވާ 23 މީހުން މަރުވި ހާދިސާ ހިންގިތަނުގައި ހަރަކާތްތެރިވަނީ:ފޮޓޯ/ އަލް-ޖަޒީރާ
ބެޓެރީއެއްގޮވާ 23 މީހުން މަރުވި ހާދިސާ ހިންގިތަނުގައި ހަރަކާތްތެރިވަނީ:ފޮޓޯ/ އަލް-ޖަޒީރާ
ދުނިޔެ 29 Aug 2024 | 10:30

ދެކުނު ކޮރެއާގައި ބެޓެރީއެއް ގޮވައި 23 މީހުން މަރުވި ހާދިސާއާ ގުޅިގެން ބެޓެރީ ކުންފުނީގެ ސީއީއޯ ހައްޔަރުކޮށްފި

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ދެކުނު ކޮރެއާގެ ލިތިއަމް ބެޓެރީ އުފައްދާ ކުންފުންޏެއްގެ ފެކްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 23 މީހުން މަރުވުމާ ގުޅިގެން އިންޑަސްޓްރިއަލް ސޭފްޓީ ގާނޫނާ ހިލާފުވި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ވެރިޔާ ހައްޔަރުކޮށްފައިވާކަމަށް އަލް-ޖަޒީރާއިން ބުނެފިއެވެ.

ސުވޮން ޑިސްޓްރިކްޓް ކޯޓުން ވަނީ މިދިޔަ ޖޫން މަހު ހިނގި އަލިފާނުގެ ހާދިސާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އަރިސެލްގެ ސީއީއޯ ޕާކް ސޫން-ކްވާން ހައްޔަރު ކުރަން އަމުރުނެރެފައުވާކަމަށް ކޯޓުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

އަދި އެރިސެލްގެ އެގްޒެކެޓިވްއެއްގެ ގޮތުގައި މަސައްކަތް ކުރާ ޕާކްގެ ދަރިފުޅަށް ވެސް ހައްޔަރުކުރަން އަމުރެއް ނެރެފައިވާ ކަމަށް ކޯޓުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ސައުތު ކޮރެއާގެ މިނިސްޓްރީ އޮފް އެމްޕްލޯއިމަންޓް އެންޑް ލޭބާ އިން ބުނީ ޕާކް ހައްޔަރުކުރީ އަލިފާނުގެ ނުރައްކާ ބޮޑުވާ ފަދަ ތަކެތި ބެލެހެއްޓުމަށް ހުނަރު ނެތް ކޮންޓްރެކްޓް ވޯކަރުން މަސައްކަތަށްނެރުމުގެ ސަބަބުން "23 މީހުން މަރުވި" ކަމުގެ ތުހުމަތުގައި ކަމަށެވެ.

ޕާކް ހައްޔަރުކުރުމަކީ ސިނާއީ އެކްސިޑެންޓްތަކުގައި މެނޭޖްމަންޓަށް އަދަބު ދިނުމަށް 2022 ވަނަ އަހަރު ތައާރަފުކުރި ގާނޫނުގެ ދަށުން ކުންފުނީގެ އިސްވެރިޔަކު މިމައްސަލާގައި ހައއޔަރުކުރި ފުރަތަމަ ފަހަރުކަމަށްވެސް ވަނީ ބުނެފައެވެ.

ސީރިއަސް ކާރިސާތަކުގެ އަދަބު ދިނުމުގެ ގާނޫނުގެ ދަށުން ވިޔަފާރިވެރިންނަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ އެއް ބިލިއަން ވޮން (835،000 ޑޮލަރު) އިން ޖޫރިމަނާ ކޮރާކަމަށް ރިޕޯޓުތަކުންވަނީ ބުނެފަ އެވެ.ދެކުނު ކޮރެއާއަކީ ކުންފުނިތަކުން ހިންގާފައިވާ އެތައް ނުރައްކާތެރި ހާދިސާތަކުގެ ދިގު ތާރީހެއް އޮތް ގައުމެކެވެ.

2014 ވަނަ އަހަރު ސެވޮލް ފެރީގެ ކާގޯ ކެޕޭސިޓީ އިތުރުކުރުމަށް ބޯޓަށް ގެނައި ބަދަލުތަކާ އެކު ބަންޑުންޖަހާލި  ހާދިސާގައި ހައި ސްކޫލްގެ 325 ދަރިވަރުންނާއެކު ޖުމްލަ 476 މީހުން ވަނީ މަރުވެފަ އެވެ.އަދި 1995 ވަނަ އަހަރު ސަމްޕޫންގް ޑިޕާޓްމަންޓް ސްޓޯރު ވެއްޓުމުގެ ހާދިސާގައި ވަނީ 500 އަށްވުރެ ގިނަ މީހުން މަރުވިއިރުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް