N/A
N/A
ހަބަރު 20 Feb 2019 | 13:12

ރައްޔިތުން މިސަރުކާރު ގެނައީ އަދުލު އިންސާފު ރަނގަޅުކުރަން - އަހްމަދު ޒާހިރު

މިސަރުކާރަކީ އަދުލު އިންސާފުގެ ކަންކަން ރަނގަޅު ކުރުމަށް ރައްޔިތުން ގެނައި ސަރުކާރެއް ކަމަށް ގައްދޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އަހުމަދު ޒާހިރުގެ ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އޭނާ ވިދާޅުވީ ޒަމާންތަކެއް ވަންދެން ދިވެހިރައްޔިތުން އިންސާފެއް ނެތްކަމުގެ ވާހަކައާއި އަދުލުގެ ނިޒާމް ގަނޑުބަޑުވެ ޚަރާބުވެފައިވާ ވާހަކަ ދައްކަމުން ދިޔަ ކަމަށެވެ. އަދި ކޯލިޝަނެއްގެ ތެރެއިން ރައްޔިތުން އެމްޑީޕީ ސަރުކާރެއް ވެރިކަމަށް ގެނައީ އަދުލު އިންސާފުގެ ކަންކަން ރަނގަޅު ކުރުމަށް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޒާހިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ޚަރާބުވެފައިވާކަން ދިވެހި ރައްޔިތުން އަބަދުވެސް ފާހަގަކުރާ ކަމަށާއި، ރައްޔިތުންނަށް ހައްގު މިންވަރު ނުލިބޭ ކަމުގެ ޝަކުވާ އަބަދުވެސް ލިބެމުން އަންނަ ކަމަށެވެ. އަދި އެމްޑީޕީއާއެކު ދިވެހި ރައްޔިތުން ތިބެނީ އެޕާޓީން ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދާއިދިނުމަށް މަސައްކަތް ކުރާތީކަމަށް ޒާހިރު ވިދާޅުވިއެވެ.

އަހުމަދު ޒާހިރު ވިދާޅުވީ އެޖެންޑާ ނަވާރަ އޭނާ އިޚްތިޔާރު ކުރީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމްޑީޕީން ހުށަހަޅާ ބިލަކީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ބޭނުންވާ ގޮތަށް ހައްގު މިންވަރު ރައްޔިތުންނަށް ލިބިގެންދާނެ ބިލްތަކަކަށް ވާތީ ކަމަށެވެ.

އަދި އޭނާ ގައްދޫ ދާއިރާއަށް ވާދަކުރައްވަނީ އެޖެންޑާއަކާއި އެއްކޮށްކަމަށާއި، އެޖެންޑާއެއް ނެތި މަޖިލީހުގެ ވާދަކުރާ މީހަކު ގޮނޑިއަށް ހޮވިއްޖެނަމަ އިސްކުރާނީ އަމިއްލަ ޖީބު ބޮޑު ކުރުމުގެ ސިޔާސަތު ކަމަށް ޒާހިރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން އޭނާ މަޖިލީހަށް ހޮވިއްޖެނަމަ އެންމެ އިސްކަމެއް ދޭނީ ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް ކަމަށް އަހަމަދު ޒާހިރު ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...