ޗައިނާއިން ލޯނު ނެގުމުގައި މަޖުބޫރުކަމެއް ނެތް: ސަފީރު
ޗައިނާއިން އެއްވެސް ގައުމެއް ދަރަނިވެރިވެފައިވާތަން ދެކެން ބޭނުންނުވާ ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޒެންގް ލިޒްހޮންގް ވިދާޅުވެއްޖެއެވެ.
ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއިން ލޯނު ނެގުމުގައި އެއްވެސް ގައުމަކަށް މަޖުބޫރުކަމެއް ނެތްކަމަށާއި އެއްވެސް ގައުމެއް ދަރަނިވެފައިވާތަން ދެކެން އެގައުމުން ބޭނުންނުވާ ކަމަށެވެ.
އެބޭފުޅާ ވިދާޅުވީ ޗައިނާއިން ހިންގާ ޕްރޮޖެކްޓްތަކާއި ދޭ މާލީ އެހީތަކަކީ ފުރިހަމަ ކޮންސަލްޓޭޝަންއާއި ރިސްކް އެސެސްމަންޓާއި ފީޒިބިލިޓީ ސްޓަޑީ ހެދިގެން ހިންގޭ ކަންކަން ކަމަށެވެ.
ސަފީރު ޒެންގް އިތުރަށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަގީގަތް ނޭނގޭ އޮޅޭފަދަ މައުލޫމާތުތައް އާންމުންނަށް ދިނުން ގަބޫލެއް ނުކުރެވޭނެކަމަށާއި ހަގީގީ މައުލޫމާތުގެ މައްޗަށް ބިނާކޮށް ވާހަަކަދެއްކުމަކީ މުހިންމުކަމެއް ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް