ލޭބާ ޕާޓީން ހަސީން އިސްތިއުފާ ދެއްވައިފި
މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) އިން ގާނޫނީ ވަކީލު އަބްދުﷲ ހަސީން އިސްތިއުފާ ދެއްވައިފިއެވެ.
ހަސީނަކީ ޕޭބާ ޕާޓީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ފަރާތެވެ. ލޭބާ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުންނާއި އެޕާޓީގެ މެންބަރު ކަމުން ހަސީން އިސްތިއުފާދެއްވީ ރޭގައެވެ.
ހަސީން ވިދާޅުވީ ސިޔާސީ ހަރަކާތްތަކުގައި މިވަގު އުޅުމުގެ ޝައުއުވެރިކަން ނެތުމުން އިސްތިއުފާދެއްވީ ކަމަށެވެ. ޕާޓީއަށް ކޮށްދެއްވި ހިދުމަތާއި ގުޅޭގޮތުން އޭނާ ވިދާޅުވީ އެންމެ ބޮޑު އަމާޒަކަށްވީ ޕާޓީ އުފެއްދުން ކަމަށާއި އެޒިންމާ އަދާކުރެވިއްޖެ ކަމަށް ގަބޫލުކުރައްވާކަމަށެވެ.
3020 މެންބަރުންނާއެކު ލޭބާ ޕާޓީ ރަޖިސްޓްރީ ކުރުމަށް ހަސީނު އީސީ އަށް ހުށަހެޅީ 2018 ޑިސެންބަރު މަހުއެވެ.
ލޭބާ ޕާޓީ ރަޖިސްޓްރީކޮށް، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނިކަމުގެ ރަސްމީ ލިޔުން އިލެކްޝަނުން ހަވާލުކުރީ ހަސީނުއާއެވެ.
ޕާޓީ އުފެއްދުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސީން ވިދާޅުވެފައިވަނީ ޕޭބާ ޕާޓީ އުފެއްދުމުގެ މައިގަނޑުމަގުސަދަކީ ރާއްޖޭގައި ވަޒީފާއަދާކުރާ މީހުންގެ ހައްގުތައް ހިމާޔަތްކުރުން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް