އަދާލަތުން ކުރިމަތިނުލާ ދާއިރާތަކުގެ އެމްޑީޕީ ހުރިހާ ކެނޑިޑޭޓުންނަށް އަދާލަތުން ތާއިދެއްނުކުރޭ!
އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރަން އަދާލަތު ޕާޓީން ނިންމައިފިއެވެ.
އަދާލަތު ޕާޓީން ނިންމާފައިވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރާ 4 ކެންޑިޑޭޓަކަށް ތާޢީދު ކުރުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ނ.ކެނދިކުޅުދޫ އާއި ހއ،ހޯރަފުށި އާއި ރ.އަލިފުށިގެ އިތުރުން ގދ.ފަރެސްމާތޮޑާ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނެވެ.
އަދާލަތުން މިގޮތަށް ނިންމިއިރު އެމްޑީޕީން ވެސް ވަނީ މަހިބަދޫ ދާއިރާ އާއި ނިލަންދޫ ދާއިރާ އަށް ވާދަކުރައްވާ އަދާލަތުގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ނިންމާފައެވެ.
މަހިބަދޫ ދާއިރާ އަށް އަދާލަތުން ވާދަކުރަނީ ގާނޫނީ ވަކީލު އަލީ އާޒިމެވެ. އަދި ނިލަންދޫ ދާއިރާ އަށް މުސްއަބު މުހައްމަދެވެ.
އެމްޑީޕީޣެ "އެޖެންޑާ 19" އަށް އަދާލަތުން ތާއީދުކޮށް އިންތިޚާބުގައި އެކުގައި މަސައްކަތް ކުރަން ނިންމާފައިވާތީ އެމްޑީޕީން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް