އީޒެޕް ބެވްކޯ މާޓް އެޑް
އީޒެޕް ބެވްކޯ މާޓް އެޑް
ވިޔަފާރި 20 Dec 2025 | 07:50

އީޒެޕް މެދުވެރިކޮށް ބެވްކޯ މާޓުން ކުރާ ވިޔަފާރިއަށް 25 އިންސައްތައިގެ ހާއްސަ ޑިސްކައުންޓެއް

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ގިނަ ބަޔަކު ބޭނުންކުރަމުންދާ އީޒެޕް މެދުވެރިކޮށް ބެވްކޯ މާޓުން ކުރާ ވިޔަފާރިއަށް ހާއްސަ ޑިސްކައުންޓެއް ތައާރަފްކޮށްފިއެވެ.

އީޒެޕުން ބުނީ، އެ އެޕްލިކެޝަން މެދުވެރިކޮށް ބެވްކޯ މާޓުން ކުރާ ކޮންމެ 500 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް 25 އިންސައްތައިގެ ޑިސްކައުންޓެއް މިހާރު ލިބޭނޭކަމަށެވެ. މި ޕްރޮމޯޝަނުގެ ދަށުން ބެވްކޯ މާޓުން ވިއްކާ ކައްކަން ބޭނުންވާ ތަކެއްޗާއި ސާފްކުރަން ބޭނުންވާ ތަކެތީގެ އިތުރުން ރީތިވުމަށް ބޭނުންވާ ސާމާނު ގަންނަ ފަރާތްތަކަށްވެސް މި ޑިސްކައުންޓް ލިބޭނެއެވެ.

މީގެ އިތުރުން އަންހެނުންނަށް ހާއްސަ އައިޓަމްތަކުންނާއި، އެނޫންވެސް އައިޓަމްތަކުން ޑިސްކައުންޓް ލިބިގެންދާނޭކަމަށް އީޒެޕުން ބުނެއެވެ. ބެވްކޯމާޓުން ގޭތެރޭގެ ބޭނުންތަކުގައި ބޭނުންކުރާ ގިނަ ބާވަތްތަކުގެ ތަކެތި ލިބެން ހުންނައިރު، ކަންމަތީ ފިހާރައަކުން ލިބޭނޭ ހުރިހާ އައިޓަމްތަކެއް ލިބެން ހުރެއެވެ.

އީޒެޕް މެދުވެރިކޮށް ފުޑް އޯޑަރާއި ގްރޯސަރީ އޯޑަރު ކުރުމުގެ ޕްރޮސެސް ތަފާތެވެ.

ފުޑްގެ ބާވަތްތައް އޯޑަރުދިނުމާއެކު އޭގެ ޕްރޮސެސް ވަގުތުން ފެށިނަމަވެސް، ގްރޯސަރީ އެއްޗިއްސަށް އޯޑަރު ކޮށްލުމުން ފިހާރައިން އެންމެފުރަތަމަ އެ އެއްޗެހި ސްޓޮކްގައި ހުރިތޯ ނުވަތަ ނެތްތޯ ޔަގީންކޮށް އެ އެއްޗެއް ނެތްނަމަ އުނިކޮށްފައި ކަސްޓަމަރަށް ޕޭކުރަން އަނބުރާ ފޮނުވާލައެވެ. އީޒެޕުން ބުނީ މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންނަމަ 7560606 ނަމްބަރަށް ވަޓްސްއަޕްކުރުމުން އިތުރު މައުލޫމާތު ލިބިގެންދާނެކަމަށެވެ. އެގޮތުން އީޒަޕްގެ ވަޓްސްއަޕް އެސިސްޓަންޓް މެދުވެރިކޮށް، ގްރޯސަރީގެ ބާވަތްތަކަށް އޯޑަރު ކުރާނެގޮތް ވީޑިއޯ މެދުވެރިކޮށް ކަސްޓަމަރަށް ކިޔާލަދޭނެއެވެ.

އީޒެޕްގެ އެންމެ ފަސޭހަކަމަކީ އޯޑަރު ޝެޑިއުލްކޮށްގެންވެސް މިހާރު ހިދުމަތް ހޯދޭކަމެވެ. އީޒެޕް މެދުވެރިކޮށް ގަންނަ ގްރޯސަރީގެ ބާވަތްތައް އޯޑަރުދީ ނިމޭތާ 30 މިނެޓާއު 45 މިނެޓާ ދެމެދުގެ ވަގުތެއްގައި ޑެލިވަރކޮށްދެއެވެ.

އީޒެޕުން ބުނީ މި ޕްރޮމޯޝަން މިހިނގާ ޑިސެމްބަރުމަހުގެ ނިޔަލަށް ކުރިއަށްދާނޭކަމަށެވެ. މިފަދަ ޕްރޮމޯޝަނެއް ކުރިއަށްގެންދިއުމުގެ މައިގަނޑު ސަބަބަކީ އޮފީސްތަކުގައި ބިޒީ ޝެޑިއުލެއްގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށާއި، ގޭގައި ތިބެގެން ވިޔަފާރިކުރާ ފަރާތްތަކަށް ވިޔަފާރިކުރުމުގައި ލުއިފަސޭހަ ގޮތެއް ހޯދައިދިނުމަށެވެ.

ރާއްޖޭގައި އުފައްދާފައިވާ ފުރަތަމަ "ސުޕަ އެޕް“ އީޒެޕް، ތަރައްގީކޮށްފައިވަނީ ރާއްޖޭގައި އޮންލައިންކޮށް މިހާރު ދެވޭ ގިނަ ޚިދުމަތްތައް އެއްތަނަކުން ދެވޭ ގޮތަށެވެ.

އީޒެޕް އެޕްލިކޭޝަން ޑައުންލޯޑްކުރުމަށް: https://tinyurl.com/eeezap

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް
25 Jun 2026 ވިޔަފާރި

ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް

ދިރާގުގެ އެލީޓް ކްލަބްގެ ޕަރޓްނަރެއްގެ ގޮތުގައި އީޒެޕް ސޮއިކޮށްފިއެވެ. މިޕަރޓްނަރޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒެޕް މެދުވެރިކޮށް %5 އިން %15 އާ ހަމައަށް ހާއްސަ ޑިސްކައުންޓްތ...

އެމްއެންޔޫ ފުޓްސަލް ފިއެސްޓާ ބަލަންދާ ފަރާތްތަކަށް ސުޕަ އެޕް އީޒެޕުން އައިފޯނެއް
09 May 2026 ހަބަރު

އެމްއެންޔޫ ފުޓްސަލް ފިއެސްޓާ ބަލަންދާ ފަރާތްތަކަށް ސުޕަ އެޕް އީޒެޕުން އައިފޯނެއް

ރެހެނދި ފުޓްސަލްދަނޑުގައި މިހާރު ކުރިއަށްދާ ދިރާގު އެމްއެންޔޫ ފުޓްސަލް ފިއެސްޓާގެ މެޗްތައް ބަލާލުމަށް ދަނޑުދޮށަށް ގޮސްގެން އައިފޯނެއް ހޯދުމުގެ ފުރުސަތު ރާއްޖޭގެ އެންމެ ފުރަތަމަ ސުޕަ އެޕް އީޒެޕުން ފަހި...

އެމްއެންޔޫ ފުޓްސަލް ފިއެސްޓާގެ ލައިފްސްޓައިލް ޕާޓްނަރަކަށް އީޒެޕް
28 Apr 2026 ވިޔަފާރި

އެމްއެންޔޫ ފުޓްސަލް ފިއެސްޓާގެ ލައިފްސްޓައިލް ޕާޓްނަރަކަށް އީޒެޕް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2026" ގެ އޮފިޝަލް ލައިފްސްޓައިލް ޕާޓްނަރަކަށް އީޒެ...

އީޒެޕް މިފަހަރު ދުނިޔޭގެ ފެންވަރުގެ ހަރަކާތެއްގައި ޔޫއޭއީއަށް
30 Jan 2026 ހަބަރު

އީޒެޕް މިފަހަރު ދުނިޔޭގެ ފެންވަރުގެ ހަރަކާތެއްގައި ޔޫއޭއީއަށް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޚިދުމަތް ދެމުން އަންނަ މަޝްހޫރު ސުޕަ-އެޕް "އީޒެޕް" (eeezap)، ޔުނައިޓެޑް އެރަބް އެމިރޭޓްސްގައި ބާއްވާ ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑު ހަރަކާތެއް ކަމަށްވާ "ޝާރްޖާ އެންޓްރ...

އީޒެޕްގެ އުމްރާ ދަތުރު ލިބޭ ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ދަންމާލައިފި
18 Oct 2025 ހަބަރު

އީޒެޕްގެ އުމްރާ ދަތުރު ލިބޭ ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ދަންމާލައިފި

ރާއްޖޭގެ އެންމެ ފުރަތަމަ ސުޕަ އެޕް، އީޒެޕުން އެ އެޕްލިކޭޝަން ބޭނުންކުރާ ޑްރައިވަރުންނާއި ކަސްޓަމަރުންނަށް ހުޅުވާލީ އުމްރާ ދަތުރުލިބޭ ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ދަންމާލައިފިއެވެ. މިދިޔަ ޖޫންމަހުން...

އީޒެޕްގެ ޑިޖިޓަލް އެސިސްޓަންޓް ތައާރަފް ކޮށްފި
07 Oct 2025 ހަބަރު

އީޒެޕްގެ ޑިޖިޓަލް އެސިސްޓަންޓް ތައާރަފް ކޮށްފި

ރާއްޖޭގެ އެންމެގިނަބަޔަކު ބޭނުންކުރާ އީޒެޕުން އެ އެޕްލިކޭޝަން ބޭނުންކުރާ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން "އީޒެޕް ޑިޖިޓަލް އެސިސްޓަންޓް ތައާރަފްކޮށްފިއެވެ. އީޒެޕް ޑިޖިޓަލް އެސިސްޓަންޓަކީ އެ ...