ފިނިފެންމާ ލޯންޗް ގޮއްވާލި މައްސަލައިގައި ފަޔާޒުގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުން ބާތިލުކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފިނިފެންމާ ލޯންޗް ކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ކުރީގެ ކާނަލް އަހުމަދު ފަޔާޒު (ޕާޕާ) ގެ މައްޗަށް އިއްވި ދެ އަހަރާއި ތިން މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން މިއަދު ބާތިލުކޮށްފިއެވެ.
ކުރިމިނަލް ކޯޓުން ކުރި އެހުކުމް ބާތިލުކުރި އިރު އޭނާ ވަނީ 11 ޖޫން 2018 ގައި ހުކުމް ތަންފީޒުކޮށް ނިންމާފައެވެ.
ފަޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށާއި، ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ.
ފަޔާޒުގެ މައްޗަށް ހުކުމް ކުރީ 19 ޖޫން 2016 ގައެވެ. ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ހިނގިއިރު ފަޔާޒަކީ ސިފައިންގެ ބަޑި ގުދަނުގެ ވެރިޔާއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް