ހިޔާ އަވަށުގެ އާ ސުކޫލަށް އަލިރަސްގެފާނަށް ނިސްބަތްކޮށް ނަން ދެނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހުޅުމާލޭ ހިޔާ އަވަށުގައި މިހާރު އިމާރާތް ކުރަމުންދާ އައު ސްކޫލަށް އަލިރަސްގެފާނަށް ނިސްބަތްކޮށް ނަން ދޭން ނިންމައިފި އެވެ.
އެކަން ހާމަކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު މިއަދު ވަނީ އެ ސުކޫލްގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް މިއަދު ކުރި ޒިޔާރަތަށް ފަހު މައުލޫމާތު ދެމުންނެވެ. މިނިސްޓަރު ވިދާޅުވީ އެ ސުކޫލަށް ކިޔާނީ "ޝަހީދު އަލީ ސްކޫލް" ކަމަށެވެ.
އެ ނަމަކީ އަލިރަސްގެފާނަށް ނިސްބަތްކޮށް ކިޔަން ނިންމި ނަމެކެވެ. އެ ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމެއް ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ ކޮންސްޓްރަކްޝަން ކުންފުނި -- އާރުސީސީއާ ހަވާލުކޮށްގެން އިމާރާތް ކުރަމުންދާ މި ސުކޫލުގެ މަސައްކަތް ބާރު ސްޕީޑްގައި އެބަ ކުރިއަށް ދެ އެވެ. ސަރުކާރުގެ އަމާޒަކީ ނޮވެންބަރުގެ ނިޔަަލަށް ސުކޫލުގެ މަސައްކަތް މުޅީން ނިންމާލުމެވެ.
އަދި އަންނަ ޖަނަވަރީން ފެށިގެން އެ ސުކޫލުގައި ކިޔަވައިދޭން ފެށުމެވެ. އެ ސުކޫލަށް ދަރިވަރުން ހޯދަން ވެސް މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ. 54 ކްލާސްރޫމް ހިމެނޭ ސުކޫލަކީ ހުޅުމާލޭގައި އިމާރާތް ކުރެވޭ ބޮޑު އެއް ސުކޫލެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް