ހއ. އިން މ.އަތޮޅަށް ރީނދޫ ސަމާލު ނެރެފި
މޫސުން ގޯސްވެ، ހއ އަތޮޅުން ފެށިގެން މ އަތޮޅުގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު 18:00 އިން 20:00 އާއި ހަމައަށެވެ.
މެޓް އޮފީހުން ބުނީ މި ވަގުތުގެ ތެރޭގައި މި ސަަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށާއި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
ހަމައެއާއިއެކު، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ, ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް