އިލެކްޝަންސް ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެކަން އެ ކޮމިޝަނުން ވަނީ ޔަގީންކޮށް ދީފަ އެވެ. ނަމަވެސް އެއްވެސް ތަފްސީލެއް ނުދެ އެވެ. ކޮމިޝަނުން ބުނީ ޒާހިދުގެ އިސްތިއުފާގެ ސަބަބެއް ނޭންގޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ޒާހިރު ޢައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 26 ވީ އާދިއްތަ ދުަވަހު އެވެ. އޭގެ ފަހުން ހުންނެވީ ކޮމިޝަންގެ ނާއިބު ރައީސަކަށެވެ.
ކޮމިޝަންގެ ރައީސަކަށް އައްޔަނުކުރެއްވީ ފެބްރުއަރީ 18, 2025 ގަ އެވެ. ޒާހިދު ވަނީ މީގެކުރިން ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ނައިބު ރައީސްކަން ކުރައްވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް